logo
MPL

MPL

ޚަބަރު

ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު ބަޖެޓު ބަހުސް މާދަމާ ނިންމާލަނީ

އާމިނަތު ޝަފާ
16 ނޮވެމްބަރު 2025 - 10:08
ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު ބަޖެޓު ބަހުސް މާދަމާ ނިންމާލަނީ

ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމަށް ފަހު މާދަމާ ބަޖެޓް ބަހުސް ނިންމާލާނެކަން މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާތަަނަށް 16 މެންބަރުންނަށް ބަޖެޓް ބަހުސްގައި ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވާފައި ކަމަށެވެ. އަދި މިއަދު 11 މެންބަރުންނަށް ބަހުސްގައި ވާހަކަދެއްކުމުގެ ފުރުސަތު ރިޔާސަތުން ދެއްވާފައިވެއެވެ. ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަން ފުރުސަތަށް އެދިވަޑައިގެންފައިވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ ނެތުމާއެކު މިއަދަށް ބަހުސް ނިންމާލުމަށް ގަސްދުކުރައްވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމަށް ފަހު ބަޖެޓު ބަހުސް ނިންމާލާނީ މާދަމާއެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުކަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ދެނީ 15 މިނިޓުގެ ވަގުތެކެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ. އަދި މި ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނުކުރައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.ބަޖެޓު ދިރާސާކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި ޖުމްލަ 22 މެމްބަރުން ތިއްބަވާނެއެވެ.

މި ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށް ބަޖެޓުގެ ކަންކަން ނިންމައި ރިޕޯޓު ހުށަހެޅުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ނަގާ ފީ ކަނޑާލައި ލުއި ދޭން ފާސްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރަން ފާސްކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފިޚަބަރު | 21 ގަޑިއިރު ކުރިން ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީޚަބަރު | ދުވަހެއް ކުރިން