ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލައިގައި އެމްޑީޕީއާއި ފައްޔާޒުވެސް ޒިންމާ ނަގަންޖެހޭނެކަމަށް ހުކުމްކޮށްފި
16 ނޮވެމްބަރު 2025 - 10:48

މި އަހަރުގެ މާރިޗު މަހުގެ 12 އަދި 13 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގެ މަގުމަތީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކަކީ އެ ބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައިވާތީ، އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އެ ވާހަކަތަކަށް ޒިންމާވާންޖެހޭނެކަމަށް އާއިލާއާ ބެހޭ ކޯޓުން ހުކުމްކޮށްފިއެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ ވާހަކަތަކަށާއި ވާހަކަތަކުގެ ނަތީޖާއަށް އެއްވުންބޭއްވި ދިވެހިރައްޔިތުންގެ "ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީޕީ)އާއި މަޤާމުގެ ޙައިސިއްޔަތުން އެޕާޓީގެ ޗެއަރޕަރސަން ފައްޔާސް އިސްމާއީލް ޒިންމާ ނަންގަވަންޖެހޭނޭކަމަށެވެ.

Ad by Hajj Corporation
ވަކިވަކިން ކުރިއަށް ގެންދިޔަ ދެ މައްސަލައިގައި ފެމިލީ ކޯޓުން ފާހަގަކޮށްފައި ވަނީ އެމްޑީޕީގެ އެއްވުމުގައި މަންދީގެ އިތުރުން އަހްމަދު ސަލީމް (މާޒް ސަލީމް) ވާހަކަދެއްކީ އުމައިރަށް ކަމަށް ކޯޓަށް ސާބިތުވާ ކަމަށާއި، އެ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށެވެ.
އެގޮތުން ހުކުމުގައި ބުނެފައިވަނީ މާޒް ސަލީމާއި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި ފައްޔާޒު އެ ވާހަކަތަކަށް ހިތްވަރުދީފައިވާތީ އަދި އެކަމާ ގުޅިގެން ފައްޔާޒާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ކިބައިން ބަދަލު ހޯދުމުގެ ހައްގު ރައީސްގެ ދަރިކަލުންގެ މަންމާފުޅުގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް އޮންނާނެ ކަމުގައެވެ.
ކުޑަކުދިންގެ ހައްގުތަކަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާތީ އެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުގެ މައްޗަށް އިތުރު އަމުރެއް ނެރެންޖެހޭނެ ކަމުގައި ކޯޓުން ނުދެކޭ ކަމަށާއި، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަމެއް ކުރުމަށް ހުއްދަ ނުލިބޭނެ ކަމަށާއި، އެފަދަ މައްސަލައެއް މުއައްސަސާއަކަށް ހުށަހަޅައިގެން ފިޔަވަޅެއް ނާޅައިފިނަމަ އެކަމެއް ނުބަލަައިފިނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ގެއްލުމުގެ ބަދަލު ލިބިގަތުމުގެ ހައްގު ލިބިގެންވާކަމަށް ޝަރީއަތުން ކަނޑައެޅިނަމަވެސް، ބަދަލުހޯއްދެވުމަށް ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަރާތްޕުޅުން ހުށަހަނާޅުއްވާނެ ކަމަސް ބަޔާނުގައިވެއެވެެ.
މި ދައުވާއަކީ އެއާ ހިލާފަށް ދަރިކަލުންގެ ރައްކާތެރިކަން ގެއްލިގެންދާ ހިސާބަށް ދިއުމުން ކުރެއްވި ދައުވާއެއް ކަމުގައާއި އަދި ސިޔާސީ ހަނގާކުރުމާއި އަދި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރެއްވުމަށް ކުރެއްވި ދައުވާއެއް ކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.


