logo
Bank of Maldives

Bank of Maldives

ރިޕޯޓް

ފުލުފުލުގައި ރައްޔިތުންނަށް ހިނިތުންވުން، މިވަރުގެ ވެރިޔަކު ދުށީމުތަ؟

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2025 - 17:55
ރައީސް މުޢިއްޒު ޕީއެންސީގެ ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް މުޢިއްޒު ޕީއެންސީގެ ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ރައްޔިތުންނަށް އެންމެ ބޮޑު ލުއިފަސޭހަތަކެއް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދެމުންދާ ދުވަސްވަރެއް މިއީ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދަށުން، ހުވަފެންތަކެއްގެ ގޮތުގައި އޮތް ކަންކަން ޢަމަލީ ސިފައެއްގައި ފެންނަން ފަށާފައިވާއިރު، އެއް ދުވަހުން އަނެއް ދުވަހަށް އުފާވެރި ޚަބަރުތައް ލިބެމުންދާ މިންވަރުން، ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދެއެވެ. މިއީ ހަމައެކަނި ވައުދުތަކެއް ނޫނެވެ؛ މިއީ ޢަމަލީ މަސައްކަތްތަކުގެ ނަތީޖާއެވެ. މި އަވަސް މިނުގައި، މިފަދަ ބޮޑެތި ލުއިތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ވެރިއަކު ދިވެހިރާއްޖެއިން މީގެ ކުރިން ދުށީމުތޯ، މިއީ އުފެދޭ ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު މިއޮތީއެވެ.

ފައިނޭންޝަލް ލުއިފަސޭހަޔާއި ދިރިއުޅުމުގެ ޚަރަދު ކުޑަކުރުން

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުން ލިބޭ ލުއިފަސޭހައެވެ. މިގޮތުން، ރައީސް ޑރ. މުޢިއްޒު ވަނީ ހިޔާ ފްލެޓާއި ވިނަރެސް ހައުސިންގ މަޝްރޫޢުތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ލުއި ދެއްވުމަށް އެންގެވުމަކީ، އެތައް ހާސް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނުގެ ޕްރޮފިޓް ރޭޓް %12 އިން %10 އަށް ކުޑަކުރުމާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރުމަށް ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް އެންގެވުމަކީ، ސީދާ ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ ފައިދާ ބޮޑު ނިންމެވުމެކެވެ.

މީގެ އިތުރުން، އަންނަ ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400 ރުފިޔާ ކަމަށް ހަމަޖެއްސެވުމަކީ، ރޯދަމަހުގެ ޚަރަދުތައް ބޮޑުވާ ދަނޑިވަޅެއްގައި ޢާއްމު ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ އިޤްތިޞާދީ ބުރަ ކުޑަކޮށްދިނުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. އަދި ރޯދަމަހަށް މަސްދަޅު ބެހުމަށްޓަކައި ކައުންސިލްތަކުން މަޢުލޫމާތު އެއްކުރަން ފެށުމަކީ، ކާނާގެ ލުއިފަސޭހަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ހެއްކެކެވެ.

މި ހިދުމަތްތަކުގެ އިތުރަށް، އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ތައިލެންޑާއި ދުބާއީއަށް ފުޅާކުރުމުގެ މަސައްކަތް ފެށުމަކީ، ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ބައިނަލްއަޤްވާމީ ފެންވަރަށް މަތިކުރުމަށް ކުރައްވާ މުހިންމު މަސައްކަތެކެވެ.

އިޤްތިޞާދީ ހަރަކާތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް

ސަރުކާރުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ހާމަވާ އަނެއް ކަމަކީ، އިޤްތިޞާދީ ހަރަކާތްތައް ހަލުވިކުރުމަށް ކުރައްވާ މަސައްކަތްތަކެވެ. ކުރީގެ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހިފައިވާ ފައިސާގެ ތެރެއިން މިހާތަނަށް 444 މިލިއަން ރުފިޔާ ދޫކޮށްފައިވުމަކީ، އެތައް ކުންފުންޏަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ވިޔަފާރިތަކަށް އިތުބާރު އާލާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ހަލުވިކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ. އަދި އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 70 އޭޓީއެމް ބަހައްޓާނެ ކަމުގެ ޚަބަރަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މާލީ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ހެއްކެކެވެ.

މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި 1,875 މަޝްރޫޢު ކުރިއަށްދާކަމާއި، އޭގެ ތެރެއިން 1,356 މަޝްރޫޢުއަކީ މި ސަރުކާރުން ސޮއިކޮށް ހަވާލުކޮށްފައިވާ މަޝްރޫޢުތައްކަން ހާމަވުމުން، ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ މިންވަރު ސާފުވެއެވެ. މިކަންކަމުން ދައްކުވައިދެނީ، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް، އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމެވެ.

ބޯހިޔާވަހިކަމުގެ ބޮޑެތި ޙައްލުތައް އަވަސްކުރުން

ރައްޔިތުންނަށް އެންމެ ބޮޑު ބޭނުމަކަށް ވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުޅުމާލެއާއި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮޑެތި ބިން ހިއްކުމުގެ މަޝްރޫޢުތައް ވަނީ އެންމެ ބާރު ސްޕީޑުގައި ފަށާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ޑްރެޖަރު މިމަހުގެ 23 ގައި އަންނާނެއެވެ. މުޅި ރާއްޖޭގައި ހައުސިން ޔުނިޓްތައް އަޅަން ދަނީ ފުލުފުލުގައި ހަވާލުކުރަމުންނެވެ. ލަހެއްނުވެ ފެންނާނި ކޮންކްރީޓް ތަނބުތައް ހައުސިން ޔުނިޓްތަކަށް ބަދަލުވެގެންދާ އުފާވެރި މަންޒަރެވެ.

މީގެ އެންމެ ބޮޑު ޚަބަރަކީ، ރަސްމާލެއާއި އުތުރުތިލަފަޅުން ގޯތި ދިނުމަށްޓަކައި އެ ތަންތަން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނެސް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ އެއްކޮށް ހިއްކާ ނިންމާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވުމެވެ. ރަސްމާލެއަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން، އޭގެ ދެ ގުނަ ބޮޑު ސަރަހައްދެކެވެ. އެތަނުން ދޫކުރާ 15,000 ގޯއްޗަށް ކުރިމަތިލުމަށް އަންނަ މަސް ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވުމަކީ، ބޯހިޔާވަހިކަމަށް އެދޭ އެތައް ހާސް ރައްޔިތުންނަށް ލިބުނު އަނެއް އުފާވެރިކަމެކެވެ. މިފަދަ ބިޔަ މަޝްރޫޢުތަކެއް މިހާ އަވަހަށް ފަށައި، ނިންމުމަށް ތާވަލުކުރުމަކީ، ވެރިކަމުގެ ޢަޒުމާއި ބާރު ދައްކުވައިދޭ ކަމެކެވެ.

މި ލިޔެވުނީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުން ހިނިތުންކުރުވި ކަންކަމުގެ ކުޑަ މިންވަރެކެވެ. ކުރުކޮށް ދަންނަވާނަމަ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ފެންނަމުން މިދަނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. މިއީ ސީދާ ޢަމަލީ ނަތީޖާއެވެ. މާލީ ލުއިފަސޭހައިން ފެށިގެން ބޯހިޔާވަހިކަމުގެ ދާއިމީ ޙައްލުތަކަށް، އަދި އިޤްތިޞާދީ ހަރަކާތްތައް ހަލުވިކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ، މި ސަރުކާރުގެ ކާމިޔާބީގެ ހެއްކެކެވެ. މިފަދަ އަވަސް މިނެއްގައި، މިފަދަ ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ވެރިއަކު ދިވެހިރާއްޖެއިން މީގެ ކުރިން ދުށީމުތޯ، މި ސުވާލުގެ ޖަވާބު ދޭނެ ފަރާތަކީ ހަމަ ރައްޔިތުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބޯހިޔާވަހިކަން އެންމެންނަށް" އަކީ ހަމައެކަނި ޝިއާރެއް ނޫން، އެއީ އިޚްލާސްތެރި ރައީސެއްގެ ވަޢުދެއް''ޚަބަރު | 3 ގަޑިއިރު ކުރިންފުލުފުލުގައި ރައްޔިތުންނަށް ހިނިތުންވުން، މިވަރުގެ ވެރިޔަކު ދުށީމުތަ؟ރިޕޯޓް | 3 ގަޑިއިރު ކުރިން"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާޙުކޮށްފި ޚަބަރު | 4 ގަޑިއިރު ކުރިންހަފްތާ 104: ނަރުދަމާގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ޚަބަރު | 7 ގަޑިއިރު ކުރިން