ޖަނަވަރީމަހު ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލަނީ
17 ނޮވެމްބަރު 2025 - 04:10
.webp&w=3840&q=75)
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެދަށުން އަންނަ ޖަނަވަރީމަހު ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާނެކަމަށް ސަރުކާރުން ބުނެފިއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

Ad by Hajj Corporation
މި އުސޫލުގެ ދަށުން 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1250 އަކަފޫޓުގެ ގޯތިތައްކަމަށެވެ.
މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުހުޅުވާލާނީ 04 ޖަނަވަރީ 2026އިން ފެށިގެން 03 މާރިޗު 2026ގެ ނިޔަލަށެވެ. ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.
މާލޭ ރަށްވެހިންނަށް 10،000 ގޯތި:
އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 7000 ގޯތި
މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ގޯތި
ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން:
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން - 3000 ގޯތި
ހާއްސަ ކެޓަގަރީ:
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް – 500 ގޯތި
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް – 1500 ގޯތި
ފުރަތަމަ ބުރުގައި 7500 ފްލެޓް ދޫކުރާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެވެ. އަދި މީގެއިތުރުން ޚާއްސަ އިސްކަންދޭ ކެޓަގަރީއިން ޔުނިޓް ދޫކުރުމަށް ވަނީ ހިމަނާފައެވެ. މި ސްކީމުގެ ދަށުން މާލެ ރަށްވެހިންނަށް ގޯއްޗާއި ފުލެޓް ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ.


