logo
Bank of Maldives

Bank of Maldives

ޚަބަރު

ނަބާ އާއި ޒަޔާންގެ ކާމިޔާބީއަށް ރައީސްގެ ތަހުނިޔާ

އިސްމާޢިލް ރާތިޢު
17 ނޮވެމްބަރު 2025 - 05:13
ނަބާ އާއި ޒަޔާންގެ ކާމިޔާބީއަށް ރައީސްގެ ތަހުނިޔާ

ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޕެއަރ، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

ނަބާ އާއި ޒަޔާން ވަނީ މިސްރުގެ އިއްޒަތު ކަރީމް މަޙްމޫދު އާއި ނޫރު އަޙްމަދު ޔޫސްރީ ބަލިކޮށް، މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ރަން މެޑަލް ހޯދާފައެވެ. ރާއްޖޭގެ ޕެއަރ އިން ފައިނަލް މެޗު ކާމިޔާބުކޮށްފައިވަނީ 21-18 އަދި 22-20 ގެ ނަތީޖާއަކުން، ސީދާ ދެ ސެޓުންނެވެ. މިއީ މިދެކުޅުންތެރިންގެ ޕެއަރ އިން ކާމިޔާމިޔާބުކުރި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ދެވަނަ މުބާރާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރާއްޖޭން ވަނީ މި މުބާރާތުގެ އަންހެން ޑަބަލްސްގެ ދެވަނަވެސް ހޯދާފައެވެ. މިބައިގައި ނަބާ އާއެކު ބައިވެރިވެފައިވަނީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤް އެވެ. ފައިނަލް މެޗުގައި މި ޕެއަރ ވާދަކުރި ސައުތު އެފްރިކާގެ އޭމީ އެކަރމަން އާއި ޔޮހަނީޓާ ޝްލޮޓްޒްގެ ޕެއަރ އާއެވެ. މިމެޗު ނިމުނީ 21-16 އަދި 21-14 ގެ ނަތީޖާއަކުން ސީދާ ދެ ސެޓުން ސައުތު އެފްރިކާގެ ޕެއަރ އިން މެޗު ކާމިޔާބުކޮށްގެނެވެ.

ރައީސް އެކްސްގައި ކުރެއްވި ފޯސްޓެއްގައި ވަނީ ތިން ކުޅުންތެރިން ގައުމަށް ހޯދައިދިން ކާމިޔާބީއަށް ތަހުނިޔާ ދަންނަވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަބާ އާއި ޒަޔާންގެ ކާމިޔާބީއަށް ރައީސްގެ ތަހުނިޔާޚަބަރު | 4 ގަޑިއިރު ކުރިންޖަނަވަރީމަހު ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލަނީ ޚަބަރު | 5 ގަޑިއިރު ކުރިން"ބޯހިޔާވަހިކަން އެންމެންނަށް" އަކީ ހަމައެކަނި ޝިއާރެއް ނޫން، އެއީ އިޚްލާސްތެރި ރައީސެއްގެ ވަޢުދެއް''ޚަބަރު | 15 ގަޑިއިރު ކުރިންފުލުފުލުގައި ރައްޔިތުންނަށް ހިނިތުންވުން، މިވަރުގެ ވެރިޔަކު ދުށީމުތަ؟ރިޕޯޓް | 15 ގަޑިއިރު ކުރިން