logo
Bank of Maldives

Bank of Maldives

ޚަބަރު

އަލަތު ކައިވެނިކުރާ މީހުންނަށް ޙާއްސަކޮށް 250 ފްލެޓް، އެކަނިވެރި މައިންނަށް 100 ފްލެޓު

ޢައްފާން މުޙައްމަދު
17 ނޮވެމްބަރު 2025 - 10:36
އަލަތު ކައިވެނިކުރާ މީހުންނަށް ޙާއްސަކޮށް 250 ފްލެޓް، އެކަނިވެރި މައިންނަށް 100 ފްލެޓު

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އަލަށް ކައިވެނި ކުރާ ފަރާތްތަކަށް 250 ފުލެޓު އަދި އެކަނިވެރި މައިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ބަލާ ފަރާތްތަކަށް 100 ފްލެޓް ޙާއްސަކުރަން ނިންމައިފިއެވެ.

ސަރުކާރުން ރޭ ވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި "އެންމެނަށް ބޯހިޔާވަހިކަން،" މި ސިޔާސަތު އިފްތިތާހުކޮށް، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން 7،500 ފްލެޓާއި 15 ހާސް ގޯތި ޚާއްސަކުރަން ނިންމައި އެކަމާ ގުޅޭ އުސޫލު އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އުސޫލުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޝަރުތު ފުރިހަމަވާ އެޕްލިކަންޓުންގެ ތެރެއިން ވަކި ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެއެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޔުނިޓު ދޫކުރާނެ ގޮތް ވެސް ހާމަކޮށްފައި ވެއެވެ.

އެގޮތުން:
  • އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތަކަށް 250 ފްލެޓް
  • އަހަރުންދަށުގެ ދަރިން ބަލާ އެކަނިވެރި މައިންނަށް 100 ފްލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 100 ފްލެޓް
  • ފަގީރުންނަށް 50 ފްލެޓް
  • ވެށިފަހި މަޝްރޫއާއި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެކަމުގެ ލިޔުން ހަވާލުކުރިނަމަވެސް، ނުލިބޭ މީހުންނަށް 300 ފްލެޓް

މީގެއިތުރުން، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ހިމެނޭހެން ޖުމްލަ 26 އިދާރާއަކާއި މުއައްސަސާއެއްގެ މުވައްޒަފުންނަށްވެސް 300 ފްލެޓު ޚާއްސަކޮށްފައިވެއެވެ. އެ ފްލެޓުތަކުން ޖާގަ ކަށަވަރުވާނީ ފްލެޓަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ޕޮއިންޓު އެންމެ މަތިން ލިބޭ ފަރާތްތަކަށެވެ.

އުސޫލުގައި ބުނާގޮތުން، ސިފައިންނާއި ފުލުހުންނަށް 200 ފްލެޓުދޭން ވެސް ވަނީ ނިންމާފައެވެ. އެއީ ފުލުހުންނަށް 100 ފުލެޓާއި ސިފައިންނަށް 100 ފުލެޓެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅުކަމަށްވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިިނުމުގެ ވައުދުފުޅުގެ ދަށުން އާންމުކޮށްފައިވާ މި ސިޔާސަތުގައި، މާލޭގައި އާއިލާ ބިނާކޮށްފައިވާ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ފްލެޓުތަކެއް ޙާއްސަކޮށްފައިވެއެވެ.

އެގޮތުން:
  • ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް 50 ފްލެޓް
  • ޓޫރިޒަމްގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް 200 ފްލެޓް
  • ޖުޑިޝަރީގެ މުވައްޒަފުންނަށް 100 ފްލެޓް
  • މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް 100 ފްލެޓް

މި ދާއިރާތަކާއި އެހެނިހެން ބައެއް ދާއިރާތަކާއި އެކިއެކި ހާލަތްތަކުގައި ތިބި ފަރާތްތައް ހިމެނޭހެން ޖުމްލަ 7500 (ހަތް ހާސް ފަސްސަތޭކަ) ހައުސިންގ ޔުނިޓު ދިނުމަށް ހިމަނާފައިވެއެވެ.

މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު ތިން ވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެކަމަށް އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަތު ކައިވެނިކުރާ މީހުންނަށް ޙާއްސަކޮށް 250 ފްލެޓް، އެކަނިވެރި މައިންނަށް 100 ފްލެޓުޚަބަރު | 3 ގަޑިއިރު ކުރިންނަބާ އާއި ޒަޔާންގެ ކާމިޔާބީއަށް ރައީސްގެ ތަހުނިޔާޚަބަރު | 9 ގަޑިއިރު ކުރިންޖަނަވަރީމަހު ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލަނީ ޚަބަރު | 10 ގަޑިއިރު ކުރިން"ބޯހިޔާވަހިކަން އެންމެންނަށް" އަކީ ހަމައެކަނި ޝިއާރެއް ނޫން، އެއީ އިޚްލާސްތެރި ރައީސެއްގެ ވަޢުދެއް''ޚަބަރު | 20 ގަޑިއިރު ކުރިން