logo
Bank of Maldives

Bank of Maldives

ޚަބަރު

"ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ، އިންވެސްޓަރުންނަށް ފަހި މާހައުލެއްއޮތް ކަމުގެ ސިގްނަލެއް"

އައިޝަތު ނަޝާ
17 ނޮވެމްބަރު 2025 - 15:18
ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް  ވާހަކަދެއްކެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަދެއްކެވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގުލްއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނިންމުމަކީ، ރާއްޖޭގައި ގާއިމުކުރެވިފައިވާ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތް ކަމުގެ ސިގްނަލެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
 

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ، ގޫގުލްއިންް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަކީ އެންމެންގެ ބައިވެރިވުންއޮތް، ޑިޖިޓަލްގޮތުން ބާރުވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދަކަށް ހަދައި، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

އަދި ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ރާއްޖެ މިހާރު އޮތީ ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދިވަރު"ގެ ނަމުގައި ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުން ވަނީ ގޫގުލްއަށް މަރުހަބާ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެއް ކަމަށެވެ. އަދި ހިތަދޫގައި ގާއިމުކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށާއި މީގެ ސަބަބުން އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގޫގުލްއިން ރާއްޖޭގައި މި މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެޚަބަރު | 43 މިނިޓު ކުރިން''އިސްލާމްދީނަކީ އެންމެ އިސް ސިޔާސަތު، މީހުންއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ފަޚްރެއް''ޚަބަރު | ގަޑިއިރެއް ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | ގަޑިއިރެއް ކުރިން"ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ، އިންވެސްޓަރުންނަށް ފަހި މާހައުލެއްއޮތް ކަމުގެ ސިގްނަލެއް"ޚަބަރު | 5 ގަޑިއިރު ކުރިން