logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސައިދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2025 - 19:21
އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެ

އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހިރާއްޖޭގެ އާސަންދައިގެ ހެލްތު އިންޝުއަރަންސް ސްކީމުން ކަވަރު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު'' ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށާއި، މިހާތަނަށް ނަފުސާނީ ފަރުވާ އާސަންދައިގެ ތެރެއިން އެއްކޮށް ކަވަރު ނުކުރާކަމީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ.

"ކުރިން އާސަންދައިން އެއްކޮށް ފަންސާނީ ބަލީގެ ފަރުވާ ކަވަރ ނުކުރޭ. މިއަދާ ހަމައަށްވެސް އެއްކޮށް ނުލިބޭ. އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް 1 ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ގުރައިދޫގައި ހުންނަ ނަފުސާނީ ފަރުވާދޭ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފުރަތަމަ ފަހަރަށް ކުރިއަށްގެންދާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ޤައިމުކޮށްފައިވާ ނަފުސާނީ ބަލީގެ ޚާއްސަ ހޮޓްލައިނަށް މިހާތަނަށް މިވީ 2 އަހަރުގެ ތެރޭގައި 10000 އެއްހާ މީހުން ގުޅައިގެން ޚިދުމަތް ހޯދާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފުސާނީ ފަރުވާއަކީ އަމިއްލަ ކްލިނިކްތަކުގައި އަގު ބޮޑު ޚިދުމަތަކަށްވާއިރު، އާސަންދައިގެ ތެރެއިން މިޚިދުމަތް އެއްކޮށް ނުލިބޭތީ ގިނަ ފަރާތްތަކަކުން، އެކި ފަންޑުތަކުގެ އެހީގައި ނަފުސާނީ ބަލީގެ ފަރުވާ ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. ފަރުވާގެ އަގު ބޮޑުވުމަކީ ގިނަ ބަޔަކު މިޚިދުމަތް ނުހޯދާ، ނަފުސާނީ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާކަމެކެވެ.

ނަފުސާނީ ބަލީގެ ފަރުވާ އާސަންދައިގެ ތެރެއިން ވަކި އިންސައްތައެއް ލިބޭނެ އިންތިޒާމު ފުރަތަމަ ފަހަރަށް ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުގައެވެ. ކޮވިޑް-19 އާއެކު ގިނަ ބަޔަކަށް މިބަލީގެ ޝިކާރައަކަށްވުމާއެކު، އޭރުގެ ސަރުކާރުންވަނީ ގިނަ ބައެއްގެ ކަންބޮޑުވުމަށް ރިއާޔަތްކޮށް ވަކި އިންސައްތައެއް ކަވަރު ކުރަންފަށާފައެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ މިނިންމެވުމާއެކު، އަންނަ އަހަރުން ފެށިގެން މިފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން ލިބިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެޚަބަރު | 3 ގަޑިއިރު ކުރިން''އިސްލާމްދީނަކީ އެންމެ އިސް ސިޔާސަތު، މީހުންއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ފަޚްރެއް''ޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | 3 ގަޑިއިރު ކުރިން"ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ، އިންވެސްޓަރުންނަށް ފަހި މާހައުލެއްއޮތް ކަމުގެ ސިގްނަލެއް"ޚަބަރު | 7 ގަޑިއިރު ކުރިން