logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2025 - 18:46
ދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއް

ގޫގުލް ކުންފުނިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

މި ބޮޑު އިންވެސްޓްމަންޓަކީ އިންޑިއަން ކަނޑު ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ، އިތުބާރު އަދި ހަރުދަނާކަން އިތުރުކުރުމަށް ގޫގުލްއިން ކުރާ މަސައްކަތުގެ ބައެކެވެ. މި މަޝްރޫޢަށް ދީފައިވާ ނަމަކީ ދިވެހި ބޮޑު ދޯނިފަހަރުގެ ބޮޑު ރިޔަލަށް ކޮންޓްރޯލް ކުރާ ވާދޯންޏަށް ނިސްބަތްވާ "ދިވަރު" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގޫގުލްއިން ނިންމާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށެވެ. މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިލާނެއެވެ. މި ފެސިލިޓީ ގާއިމުކުރުމާއެކު، ހިތަދޫ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ މުހިންމު މަރުކަޒަކަށެވެ.

މި ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ. މިނިސްޓްރީން ވަނީ މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކޮށްފައެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ މެދުއިރުމަތި އަދި ޔޫރަޕު "ގުޅުވައިދޭ އިތުބާރު ހުރި، ޑިރިޒަލް ގޭޓްވޭއެއްގެ ގޮތުގައި" ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. މި ބޮޑު އިންވެސްޓްމަންޓަކީ ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ފުޅާކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

"ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެއެވެ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓް އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދެއެވެ." ބަޔާނުގައިވެއެވެ.

ގޫގުލްގެ ނިންމުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ރާއްޖޭގެ އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ނިންމުމެއްކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއަކީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ޑިޖިޓަލް ގޮތުން ބާރުވެރި އިގުތިސާދަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބޭ ބާރެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެ އޮތީ، ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުމުވުމުގައި މުހިންމު ދައުރެއް އަދާކުރަން ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެޚަބަރު | 3 ގަޑިއިރު ކުރިން''އިސްލާމްދީނަކީ އެންމެ އިސް ސިޔާސަތު، މީހުންއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ފަޚްރެއް''ޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | 3 ގަޑިއިރު ކުރިން"ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ، އިންވެސްޓަރުންނަށް ފަހި މާހައުލެއްއޮތް ކަމުގެ ސިގްނަލެއް"ޚަބަރު | 7 ގަޑިއިރު ކުރިން