logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ގެ ނިޔަލަށް ހުއްޓާލަން އަންގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 18:36
ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ގެ ނިޔަލަށް ހުއްޓާލަން އަންގައިފި

ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 3 ސެޕްޓެމްބަރު 2024 ގައި ތަސްދީގުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން ބަންދުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖާ ސޭލްސް އޭޖެންޓްގެ ހިދުމަތްތައް ހިމެނެއެވެ. މި ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، އާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސްއާ އެއްގޮތަށް އަމަލުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން އެގްޒިޓް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނުގުޅުނު 8 ކުންފުންޏެއްގެ މައުލޫމާތު އާންމުކުރުން

އިންތިގާލީ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ރެކޯޑުތަކުގައިވާ މައުލޫމާތަށް ބިނާކޮށް އީމެއިލް އަދި ފޯނުން ގުޅަން މަސައްކަތްކޮށް ނުގުޅުނު 8 ކުންފުންޏެއްގެ ނަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މި ކުންފުނިތަކަކީ:

  • މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0022/1994)
  • އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0266/1995)
  • އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0217/1995)
  • ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0017/1985)
  • ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0375/1996)
  • އެމް.ޔޫ.ކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0079/1998)
  • ލަކްޖެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0201/1999)
  • އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް (C-142/2000)

މި ކުންފުނިތަކުގެ ޑިރެކްޓަރުން، ހިއްސާދާރުން ނުވަތަ މަންދޫބުން ލަސްނުކޮށް އިންވެސްޓް މޯލްޑިވްސްއަށް ގުޅައި، އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކުރުމަށާއި އާ އުސޫލުތަކަށް އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިނިސްޓްރީގެ މަގުސަދަކީ މި މަރުހަލާގައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓްގެ ނަންބަރު 3333181 ނުވަތަ 3333182 އަށް ގުޅުމަށް އަދި އީމެއިލް މެދުވެރިކޮށް ނަމަ fiu@trade.gov.mv އަށް މެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ގެ ނިޔަލަށް ހުއްޓާލަން އަންގައިފިޚަބަރު | ގަޑިއިރެއް ކުރިންބިޒްނަސް ޕޯޓްލް މެދުވެރިކޮށް ހުށަހަޅާފައިވާ ފޯމުތައް އަންނަ ބުރާސްފަދި ދުވަހުންގެ ކުރިން އިސްލާހު ކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 3 މަސް ކުރިންދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 73 ގިންތިއަކުން ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފިޚަބަރު | 5 މަސް ކުރިން