logo
MPL

MPL

ޚަބަރު

ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް ކޮމްސެކްގެ މިނިސްޓީރިއަލް ސެޝަންގައި ރާއްޖެއިން ބާރުއަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ނޮވެމްބަރު 2026 - 12:02
ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް ކޮމްސެކްގެ މިނިސްޓީރިއަލް ސެޝަންގައި ރާއްޖެއިން ބާރުއަޅައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސްޓޭންޑިންގ ކޮމިޓީ ފޮރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން (ކޮމްސެކް) ގެ 42 ވަނަ މިނިސްޓީރިއަލް ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރު ތަޤުރީރުކުރައްވައިފިއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވަނީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިތަކަށް ފަސޭހައިން އަދި ލުއި ގޮތްތަކެއްގައި މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ މެންބަރު ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މެންބަރު ޤައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އިޤްތިޞާދީ އެއްބާރުލުން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް ކޮމްސެކްގެ މިނިސްޓީރިއަލް ސެޝަންގައި ރާއްޖެއިން ބާރުއަޅައިފިޚަބަރު | 38 މިނިޓު ކުރިން10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފިޚަބަރު | 5 ދުވަސް ކުރިން%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 11 ދުވަސް ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 11 ދުވަސް ކުރިން