ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
18 ނޮވެމްބަރު 2025 - 15:30

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މިފަރިއްކޮޅު އޮތީ މިއަދު މެންދުރު ހޮޓެލްޖެންގެ ބޯލްރޫމުގައެވެ.
މިޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި މި ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙުމަތްތެރި ކަމުގެ ދެމެޗު ކުޅެފައެވެ.

Ad by Hajj Corporation
ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަތީފު ވަނީ، މިމެޗުގެ ސުވެނިއަރ ޓިކެޓު ބައްލަވައިގެންފައެވެ. މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ.
މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ.


