logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ 333 ފަރާތަތަކަށް ވަނީ ވަޒީފާދީފައި: ރައީސް

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 04:28
ރައީސް މުޢިއްޒު ށ. ނޫމަރާ ކުޑަކުއްޖަކާ ސަލާމް ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ށ. ނޫމަރާ ކުޑަކުއްޖަކާ ސަލާމް ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް

މި އަހަރު ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ 333 ފަރާތަތަކަށް ވަޒީފާ ދީފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، 2025 އޮކްޓޫބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކަށާއި ސިވިލް ސަރވިސްގެ ފަރާތުން 45 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފާއިތުވި 104 ހަފްތާގައި ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު 2024 ޖަނަވަރީ 18 ގައި ވަނީ ގެޒެޓުކުރެވިފައެވެ. މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ރިޢާޔަތްކޮށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައްޔާއި، މަސައްކަތު މާޙައުލުގައި ހަރަކާތްތެރިވުމުގައި، އެމީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުމެވެ. އަދި، ވަޒީފާގެ މައިދާނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ނުކުތުމަށް ހިތްވަރުދީ، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ 333 ފަރާތަތަކަށް ވަނީ ވަޒީފާދީފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިޚަބަރު | 15 ގަޑިއިރު ކުރިންމިއީ 2020 ވަނަ އަހަރުން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު: ރައީސް ޚަބަރު | 17 ގަޑިއިރު ކުރިންދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން