logo
Bank of Maldives

Bank of Maldives

ޚަބަރު

ބަޖެޓު ބަހުސް ނިންމާލައިފި

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 05:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓުގެ ބަހުސްގެ މަރުހަލާ ނިންމާލައިފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ވަނީ 15 މިނިޓުގެ ވަގުތެއް ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓު ބަހުސްގައި 60 މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ. އަދި މި ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނުކުރައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.ބަޖެޓު ދިރާސާކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި ޖުމްލަ 22 މެމްބަރުން ތިއްބަވާނެއެވެ.

މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ އެވެ. ބަޖެޓުން 39 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓު ބަހުސް ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުގެ އަމާޒުހުރީ މިއަހަރާއި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލާ މެނޭޖުކުރަން ޚަބަރު | 3 ގަޑިއިރު ކުރިންހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު ބަޖެޓު ބަހުސް މާދަމާ ނިންމާލަނީ ޚަބަރު | 3 ދުވަސް ކުރިންއަތޮޅު ކައުންސިލް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރަން އިސްލާހުތަކެއްޚަބަރު | 3 ދުވަސް ކުރިން