logo
MPL

MPL

ޚަބަރު

ސަރުކާރުގެ އަމާޒުހުރީ މިއަހަރާއި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލާ މެނޭޖުކުރަން

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 04:34
ސަރުކާރުގެ އަމާޒުހުރީ މިއަހަރާއި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލާ މެނޭޖުކުރަން

މިއަހަރާއި އަންނަ އަހަރުގެ ބަޖެޓް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި މެނޭޖުކުރުމަށް އަމާޒު ހިފާފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ، 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް އަޑުއައްސަވާލެއްވުމަށް 18 ނޮވެމްބަރ 2025 ވަނަ ދުވަހު މަޖިލީހަށް ވަޑައިގެން، ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހުން ފާސްކުރާ ބަޖެޓްގެ އިތުރަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ހަރަދުކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް މިސަރުކާރުން އަމާޒު ހިފާފައި ވަނީ، ސަޕްލިމެންޓްރީ ބަޖެޓް ހުށަނާޅައި، މަޖިލީހުން ފާސްކުރާ ބަޖެޓުން ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން މެނޭޖުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހުނީ މިދިޔަ ސަރުކާރުން ހުށަހެޅި ބަޖެޓެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އޭރުވެސް ބަޖެޓް ހުށަހެޅުމުގެ މަރުހަލާގައި، މިސަރުކާރުގެ ޓްރާންސިޝަން ޕީރިއަޑުގައިވެސް 2024 އަހަރު ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ކުރިއަށްގެންދެވޭނެ ގޮތެއްވޭތޯ މަސައްކަތްކޮށް ޚިޔާލާއި މަޝްވަރާދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

ނަމަވެސް އެކަން ހާސިލް ނުވުމުން، މިދިޔަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ކަމަށާއި، ނަމަވެސް މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސްކޮށްދެއްވާފައިވާ ގޮތަށް، ސަޕްލިމެންޓްރީ ބަޖެޓެއް ނުގެނެސް ބަޖެޓް ބޭނުންކުރަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު ވެގެންދާނީ، ސަރުކާރުން ފުރަތަމަވެސް އަމާޒު ހިފި ގޮތަށް، 10 ބިލިއަން ރުފިޔާއިން ދަށުގައި ދަރަނި ގެންގުޅޭ އަހަރަކަށް ކަމަށާއި، އަދި ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި ފަސޭހަ ކަމާއިއެކު މިއަހަރު ނިންމާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

 

އަންނަ އަހަރުގެ ބަޖެޓްވެސް ފާސްވެގެންދާއިރު، ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި މެނޭޖުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

"އަޅުގަނޑުމެންނަށް އަބަދުވެސް އަންނަ ސުވާލެއް އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ކަންކަން މެނޭޖުކުރަން ކިހިނެއްހޭ ސަރުކާރުން ގެންދަނީ. ރައީސް މިދިޔަ ދެއަހަރުތެރޭގައި ކުރެއްވި ދަތުފުޅުތަކުން ބޭރުގެ ހެޑް އޮފް ސްޓޭޓްސްއާއި ކުންފުނިތަކާއިއެކު ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އޭގައި ލުއިތަކެއް ލިބިފަވަނީ،" ވަޒީރު ވިދާޅުވިއެވެ.

 

ވަޒީރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވާގޮތަށް ކުރިއަށްދާނަމަ، ދައުލަތުގެ އެސެޓްތައް މޯގޭޖުނުކޮށް ދަރަނީގައި ނުޖެހި ކުރިއަށްގޮސް، ކުރިއަށްއޮތްތަނުގައި ދަރަނި ކުޑަކޮށްގެން ކުރިއަށްގެންދެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 18 ގަޑިއިރު ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"ޚަބަރު | ދުވަހެއް ކުރިންދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 2 ދުވަސް ކުރިން