ރާއްޖޭގައި މަސައްކަތް ކުރާ ދެ ދާއިރާއެއްގެ ބިދޭސީންގެ ޑޮލަރު ލިމިޓް އެސްބީއައި އިން މަތިކޮށްފި
19 ނޮވެމްބަރު 2025 - 10:18

އްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި މަސައްކަތް ކުރާ ދެ ދާއިރާއެއްގެ ބިދޭސީންގެ ޑޮލަރު ލިމިޓް މަތިކޮށްފިއެވެ.
އެ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އެގޮތުން އެ ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު މިއަދުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންނާއި، ސިއްހީ ހިދުމަތްތެރިންގެ ޑޮލަރު ލިމިޓް މިހާރު ވަނީ 350 ޑޮލަރަށް މަތި ކޮށްފައެވެ. އެކަން އެ ބޭންކުން ވަނީ، ކަސްޓަމަރުންނަށް އަންގާ އީމެއިލްކޮށްފައެވެ
ޑޮލަރު ލިބުމުގެ ދަތިކަމާ އެކު، ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު 150 އެމެރިކާ ޑޮލަރަށް ދަށްކުރިއެވެ.އެ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެ ބޭންކް އިން ބުނީ، އެ ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވާން ފެށުމުން، ހާލަތު ވަޒަން ކުރުމަށްފަހު ލިމިޓްތައް ރިވިއު ކުރުން ކުރިއަށް ގެންދާނެ ކަމަަށެވެ.


