logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަނަވާރު ގެންގުޅުމުގެ ބިލު، ޤާނޫނާއި ޚިލާފްވާނަމަ 1,000,000ރ. އާއި ހަމައަށް ޖޫރިމަނާ ހިމަނައި ފާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 11:28
ޖަނަވާރު ގެންގުޅުމުގެ ބިލު، ޤާނޫނާއި ޚިލާފްވާނަމަ 1,000,000ރ. އާއި ހަމައަށް ޖޫރިމަނާ ހިމަނައި ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ޖަނަވާރު ގެންގުޅުމާއި، އެ ތަކެތީގެ ރައްކާތެރިކަމާބެހޭ ބިލު ފާސްކޮށްފައެވެ. މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމަށް ދެމެހެއްޓެނިވި އަދި ރައްކާތެރި އުޞޫލުތަކެއް ކަނޑައެޅުމެވެ.

ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި، ޖަނަވާރުގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސްފަރުވާގެ އުޞޫލުތަކާއި، ޖަނަވާރު އެތެރެކުރުމާއި، އެ ތަކެތީގެ ބައިތަކާއި، ކާނާ އަދި ބޭސް އެތެރެކުރުމުގެ ޤަވާއިދުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ޖަނަވާރާ ގުޅޭ ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީވާން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިލުގެ ދަށުން ޖަނަވާރުގެ ރައްކާތެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި، ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ހަދަންޖެހޭނެ ކަމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ޤާނޫނާއި ޚިލާފްވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް

މި ބިލުގައި ޖަނަވާރުތަކަށް އިހުމާލުވާ ފަރާތްތަކަށް އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޖަނަވާރު މެދުވެރިކޮށް ބައްޔެއް ފެތުރިއްޖެނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މިއީ މި ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ އެންމެ ބޮޑު ޖޫރިމަނާއެވެ.

އޭގެ އިތުރުން، ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގެންގުޅެ، ނުވަތަ ސާމްޕަލް އޮޅުވާލައިފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ޖަނަވާރަށް އަނިޔާކުރުމާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަނަކަށް ދޫކޮށްލައިފިނަމަ 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި ބިލު ފާސްވުމާއެކު، ރާއްޖޭގައި ޖަނަވާރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަނަވާރު ގެންގުޅުމުގެ ބިލު، ޤާނޫނާއި ޚިލާފްވާނަމަ 1,000,000ރ. އާއި ހަމައަށް ޖޫރިމަނާ ހިމަނައި ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބަޖެޓު ބަހުސް ނިންމާލައިފިޚަބަރު | 8 ގަޑިއިރު ކުރިންސަރުކާރުގެ އަމާޒުހުރީ މިއަހަރާއި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލާ މެނޭޖުކުރަން ޚަބަރު | 8 ގަޑިއިރު ކުރިންހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު ބަޖެޓު ބަހުސް މާދަމާ ނިންމާލަނީ ޚަބަރު | 3 ދުވަސް ކުރިން