logo
Bank of Maldives

Bank of Maldives

ޚަބަރު

ގޫގުލްގެ "ދިވަރު" ޕްރޮޖެކްޓަށް ހިތަދޫއިން ބިމެއް ހަމަޖައްސައިފި

އައިޝަތު ނަޝާ
20 ނޮވެމްބަރު 2025 - 05:58
ގޫގުލްގެ "ދިވަރު" ޕްރޮޖެކްޓަށް ހިތަދޫއިން ބިމެއް ހަމަޖައްސައިފި

ގޫގުލް އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނަށް 15،000 އަކަމީޓަރުގެ ބިމެއް ދޫކުރަން، އެ ބިމުން ލިބޭ އާމްދަނީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ކައުންސިލުން އިއްޔެ ފާސްކޮށްފިއެވެ.

ގޫގުލް އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ މި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ އިތުރުން ނެޓްވޯކް ފެސިލިޓީ، އެމެރިކާގެ ނިއުޔޯކްގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޫގުލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ފެށިފައިވާ މަޝްރޫއެކެވެ. މި އިންވެސްޓްމަންޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ގުޅުންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީއަށް ހަމަޖައްސައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ. ފަހުން ސަރުކާރުން އެ ބިން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ. އެކަމުގެ ސަބަބާއި ބޭނުމާ ބެހޭ ގޮތުން ކައުންސިލާއި ސަރުކާރުން ކުރިން މައުލޫމާތު ހިއްސާކޮށްފައި ނުވި ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބިން ބަދަލުކުރަން ބޭނުންވީ ގޫގުލް އިން ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ނިންމާފައިވާތީ ކަމަށް ކައުންސިލުން މިހާރު ވަނީ ހާމަކޮށްފައެވެ.

ޓްރާންސްޕޯޓް ކޮމިޓީން ފާސްކުރި ގޮތަށް، ކައުންސިލްގެ ރަސްމީ ޖަލްސާއިން ނިންމުން ފާސްކޮށްދިނުމަށް ކައުންސިލަރު ޝިނާޒް އެދިވަޑައިގަތުމުން، ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ އާއި މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ވަނީ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ކައުންސިލަރު ވިދާޅުވިގޮތުގައި ގޫގުލްގެ މި ޕްރޮޖެކްޓަކީ އަައްޑުއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން މިކަމުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޫގުލްގެ "ދިވަރު" ޕްރޮޖެކްޓަށް ހިތަދޫއިން ބިމެއް ހަމަޖައްސައިފިޚަބަރު | 17 ދުވަސް ކުރިން ރާއްޖޭގެ ކޮންމެ ރަށަކަށް އެއް ފެންވަރެއްގެ ޚިދުމަތް، އައްޑޫގެ މައްސަލަތަކަށް ދާއިމީ ހައްލުތަކެއްޚަބަރު | މަހެއް ކުރިންއައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްޚަބަރު | މަހެއް ކުރިންއައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | މަހެއް ކުރިން