logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފި

ޒިދާން މުޙައްމަދު
26 ޑިސެމްބަރު 2025 - 10:42
ސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފި

ސަރުކާރު ޚަރަދުގައި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފިއެވެ.

މަސްޖިދުއްރައްޔާން ހުޅުވީ، މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

500 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ، 100 އިންސައްތަ ސަރުކާރުގެ ޚަރަދުގައި އިމާރާތް ކުރި މިސްކިތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހަވަންދޫގައި ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންޗުއްޓީ އަށް ރާއްޖެ އައި ފަތުރުވެރިއަކު އިސްލާމްވެއްޖެ، ނަމަކީ ޖަމީލާޚަބަރު | 2 ދުވަސް ކުރިންމި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު ހާމަކޮށްފިޚަބަރު | 6 ދުވަސް ކުރިންއިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރަން އިސްކަންދޭ ތަނެއް: ޝަހީމްޚަބަރު | 6 ދުވަސް ކުރިން