logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ސްރީލަންކާ މީހަކު އިސްލާމްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 07:14
ލަންކާގެ މީހާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔަނީ،  އޭނާގެ މިހާރުގެ ނަމަކީ ޢަބުދުﷲ.
ލަންކާގެ މީހާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔަނީ، އޭނާގެ މިހާރުގެ ނަމަކީ ޢަބުދުﷲ.

އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަމުންދާ ސްރީލަންކާގެ ރައްޔިތަކު އިއްޔެ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އައި މި މީހާ އިސްލާމްވެފައިވަނީ އިއްޔެގެ އަސުރު ނަމާދަށްފަހު ފޭދޫގެ ބޮޑު މިސްކިތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމްދީން ގަބޫލުކޮށްފައިވަނީ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން ކިޔާ މީހެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާއަށް ޝަހާދަތުގެ ދެކަލިމަ ލައިދީފައިވަނީ ފޭދޫ ބޮޑު މިސްކިތުގެ އިމާމެވެ.

މި މީހާ އިސްލާމްވިކަން ހާމަކޮށް "މިޝްކަތު ފައުންޑޭޝަން" އިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އިސްލާމްވުމަށްފަހު އޭނާގެ ނަން މިހާރު އަބްދުﷲ އާދަމް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ބޭރުގެ އަންހެން ފަތުރުވެރިއަކުވެސް ވަނީ އިސްލާމްވެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އަދި ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކުން އިސްލާމްދީން ގަބޫލުކުރުމަކީ ދޭތެރެއަކުން ފެންނަމުންދާ އުފާވެރި މަންޒަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ! ޚަބަރު | 18 ދުވަސް ކުރިންރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | 21 ދުވަސް ކުރިންމަރްުހޫމް ސާލިހު ވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފަ: ރައީސްޚަބަރު | މަހެއް ކުރިންއައްޑޫގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 މަސް ކުރިން