logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ!

އައިޝަތު ނަޝާ
17 އޭޕްރީލު 2026 - 12:04
އައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ!

އައްޑޫ ސިޓީ ގަމުން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިހާތަނަށް އުމްރާގެ އަޅުކަމަށް ރާއްޖެ އިން މީހުން ފުރަނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވާއިރު ސީދާ އައްޑޫ ގަމުން ސައޫދީ އަށް ދަތުރެއް އެޅުމަކީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ލިޔާ ސޮފުހާއެކެވެ.މިއީ ރާއްޖޭގެ ދެކުނުގެ އެއާޕޯޓަކުން ސައޫދީއަށް ސީދާ އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ދަތުރުގެ މަގު ކުރުވެފައިވާ ކަމަށާއި އަދި މައްކާ އާއި މަދީނާ އަށް ދާން އޮތް މަގު ކައިރިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. 

މި ދަތުރުގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް އޮތް މަގު ކުރުވެ، އުމްރާވެރިންނަށް ލިބޭ ތަކުލީފުތައް ކުޑަވާނެ ކަމަށް އެޖެންސީން ބުނެއެވެ. "ދަ ޓްރެވެލާ" އިން ބުނި ގޮތުގައި މި ދަތުރަށް ބުކިން ހެދުމުގެ ފުރުސަތު ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށާއި، ހާއްސަކޮށް ދީނީ އަޅުކަންތަކަށް މީހުން ފޮނުވުމުގައި ލިބިގެންދާ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީގެ ކުރިން އައްޑޫން ބައިނަލްއަގުވާމީ ބައެއް ދަތުރުތައް ކުރި ނަމަވެސް، މިއީ ސީދާ ސައޫދީއަށް އަމާޒުކޮށްގެން މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ.

އެ ދަތުރުގެ ބުކިން އަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ! ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | 3 ދުވަސް ކުރިންމަރްުހޫމް ސާލިހު ވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފަ: ރައީސްޚަބަރު | 20 ދުވަސް ކުރިންއުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސެއް ނިޔާވެއްޖެޚަބަރު | މަހެއް ކުރިން