logo
MPL

MPL

ޚަބަރު

އައްޑޫ ހިތަދޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު އާންމުކޮށްފި

މަރިޔަމް މާޙީ
25 މޭ 2026 - 10:58
އައްޑޫ ހިތަދޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަންގައި ޖުމްލަ 4121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި އިންތިހާބުގައި ޖުމްލަ 7 ވޯޓުފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ އައްޑޫ ސިޓީގައި ބަހައްޓާ 5 ވޯޓުފޮށްޓާއި، މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ ދެ ވޯޓުފޮށްޓެވެ. އެގޮތުން އައްޑޫ ސިޓީގެ ވޯޓު ފޮށިތައް ހުންނާނީ ހިތަދޫ ސްކޫލުގައެވެ. އަދި މާލޭގައި ވޯޓުފޮށި ހުންނާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) ގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް 12 ގައި ކުރި ޙުކުމާ ގުޅިގެންނެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ޢަބްދުﷲ ޞާދިޤް (ސޯބެ)ގެ އިތުރުން، ސިނާންގެ ނަން އަނބުރާ ގެންދެވުމާ ގުޅިގެން ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވި އަޙްމަދު ސަޢީދު (ސޯޑާ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | 7 ދުވަސް ކުރިންފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!ރިޕޯޓް | 14 ދުވަސް ކުރިން ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | މަހެއް ކުރިންއައްޑޫ ލިންކް ރޯޑު ބޮޑު ބަދަލަކަށް: 12.3 ކިލޯމީޓަރުގެ ސަރަހައްދެއް 4 ލޭނަށް ފުޅާކުރަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން