logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލު ގެންނަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2026 - 13:02
މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލު ގެންނަވައިފި

އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އައްޑޫ މީދޫ އަދި ހުޅުދޫއަށް ވަކި ކައުންސިލް އިދާރާތަކެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައިވާ ގޮތުން، މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމެވުމުގެ ދަށުން، މީގެކުރިން "އައްޑޫ" ގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާ އިޞްލާޙުކުރައްވައި، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށް ކަމުގައި ވަނީ ހަމަޖައްސަވާފައެވެ. އަދި މީހުން ދިރިއުޅޭ އިދާރީ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ "އައްޑޫ ސިޓީ" އަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ރަށް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މި ބަދަލާ ގުޅިގެން "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" 2026 މޭ 17 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ވަނީ އުފެދިފައެވެ. އަދި މިހާރު ހިނގަމުންދާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަކީ، އާ ޤަރާރުގެ ދަށުން ކަނޑައެޅުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި އެ ތާރީޚުން ފެށިގެން ބަލާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމަށް ހަމަޖެހިފައިވާ ގޮތް:

އައްޑޫ މީދޫ ކައުންސިލްގެ އިދާރާ: 1140 (Secretariat of the Addu Meedhoo Council, Adduatholhu)

އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ: 1141 (Secretariat of the Addu Hulhudhoo Council, Adduatholhu)

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙީ އޮނިގަނޑުތައް ދެމެހެއްޓުމަށް, ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް: ރައީސްޚަބަރު | 15 މިނިޓު ކުރިން ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި ދަނޑެއް ތަރައްގީކޮށްދިނީ މި ސަރުކާރުން، ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ޚަބަރު | 8 ގަޑިއިރު ކުރިންއިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން: ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްރިޕޯޓް | 20 ގަޑިއިރު ކުރިންޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން