logo
MPL

MPL

ޚަބަރު

ރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީ

މުޙައްމަދު އަފްރާޙް
14 އޭޕްރީލު 2026 - 03:52
ރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީ

ރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަން ނިންމާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިސްޓަރު ވިދާޅުވީ މިއީ އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އަޅާ މި ތިން ޓްރެކްގެ ކުރެހުންތައް މިހާރު އިންޑިއާއާއި ހިއްސާކޮށްފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ތިން ޓްރެކްގެ މަސައްކަތާއި ގުޅޭ ލިޔެކިއުންތައް ވެސް ލިބެމުންދާ އިރުޝާދުތަކާއި އެއްގޮތަކަށް މިނިސްޓްރީން ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ތެރޭގައި މީގެކުރިން ކުޅުދުއްފުށީގައި އޮތް ޓްރެކް ވެސް ހިމެނިފައި އޮތް ކަމަށާއި އެހެންނަމަވެސް އެ ސިޓީގެ ޓްރެކްޓްގެ މަސައްކަތް ކުރިޔަށް ގެންދަން މިހާރުނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކަމަށެވެ. އަދި ކުޅުދުއްފުށީ ޓްރެކް އެޅުމުގެ ކުރިން ކުރަންޖެހޭ ސާރވޭގެ މަސައްކަތް ވެސް ނިމިފައިކަމަށާއި ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ދެއަހަރު ކުރީން ވެސް މިކަން އިންޑިއާ ސަރުކާރާއި ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް އެ ސަރުކާރުން މިކަމުގެ އެންމެފަހުގެ އަޕްޑޭޓަކަށް އެދުމުން އަލުން އެ އެ ކުރެހުންތައް ފޮނުވީ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހިނގާ މުއާމަލާތެއް ކަމަށްވާތީ އިރުޝާދުތައް ލިބެމުންދާވަރަކަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް ހަވާލު ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއާބާދީ އޮޅުވާލި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 7 ދުވަސް ކުރިންއައްޑޫގެ ނޭޗަރ ޕާކުތައް ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންކާރިސާތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިން