logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތްދޭން ފަށައިފި

އިސްމާޢިލް ރާތިޢު
20 ނޮވެމްބަރު 2025 - 15:03
ވީއައިއޭގެ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓަރމިނަލް, ޓާމިނަލް 1 އިން ޖަރުމަނުގެ އެއަރލައިނެއް ކަމަށްވާ ކޮންޑޯއަށް ހިދުމަތްދޭން ފަށައިފިއެވެ.

ޓަރމިނަލް 1 އިން ކޮންޑޯއަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓަރމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަރކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރ ރޮން ޕްލެން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާ، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ހަދިޔާ ދީފައި ވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް, DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއަރލައިނެވެ.

ކޮންޑޯ އާއެކު ޓަރމިނަލް 1 އިން ހިދުމަތްދޭން ފެށި އެއަރލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތްދޭން ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިންވީއައިއޭގައި އީގޭޓް ހަރުކުރުން ކުރިއަށް، 2026 ގައި އެހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ވެސް ހަރުކުރާނެޚަބަރު | ދުވަހެއް ކުރިންއައު ޓާމިނަލުން ޚިދުމަތްދޭން ފެށި 16 ވަނަ އެއާލައިނަކަށް އަޒަރުބައިޖާން އެއާލައިންސްވިޔަފާރި | 24 ދުވަސް ކުރިންއައު ޓާމިނަލުން މެލޭޝިއާ އެއާލައިންސް އަށް ޚިދުމަތްދޭން ފަށައިފިޚަބަރު | މަހެއް ކުރިން