logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލް އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހަށް ނިންމާނެ

އިސްމާޢިލް ރާތިޢު
6 ޖެނުއަރީ 2026 - 06:22
އެމްއޭސީއެލް އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހަށް ނިންމާނެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީހަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އެގޮތަށް ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދުގެ ވާހަކަފުޅުގައި މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިއްދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި, ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސަށް, ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ފާހަގަކުރެއްވިއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށާއި ކުރެވޭނެ ކަންތައްތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެޚަބަރު | 5 ގަޑިއިރު ކުރިންއެމްއޭސީއެލް އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހަށް ނިންމާނެޚަބަރު | 10 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތްދޭން ފަށައިފިޚަބަރު | 2 މަސް ކުރިންވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ބެއިޖިން ކެޕިޓަލް އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 4 މަސް ކުރިން