logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ ރޭ ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ

އާމިނަތު ޝަފާ
22 ނޮވެމްބަރު 2025 - 07:20
މާދަމާ ރޭ ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާއިރު މާދަމާރޭ ވިލިމާލެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި ވިލިމާލޭ މުޙްޔިއްދީން ސުކޫލުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުން ހިންގާ ޕީއެންސީން ވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ރޭ ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ ޚަބަރު | ގަޑިއިރެއް ކުރިން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސްޚަބަރު | 21 ގަޑިއިރު ކުރިންމިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ކަށުނަމާދު މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިޚަބަރު | ދުވަހެއް ކުރިން