logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސް

އިސްމާޢިލް ރާތިޢު
21 ނޮވެމްބަރު 2025 - 11:50
 ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މޭރުމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެކަމަށެވެ. އަދި ވަކީން ހާއްސަކޮށް، ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަރިހުން، އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް ރައީސްގެ ޕޯސްޓުގައި އެދިލައްވާފައިވެއެވެ. ރައީސް ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މިފަދައިން ޕޯސްޓުކުރައްވާފައި ވާއިރު، ރޭ އޮލިމްޕަހުގައި ޕްރެމިއަރކުރި ފިލްމެއްގެ ރެޑް ކާޕެޓުގެ ފޮޓޯއެއް މީސްމީޑިއާގައި ވަރަށް ގަދައަށް ހިނގަމުން އެބައާދެއެވެ. މި ފޮޓޯއިން ފެންނަނީ ފިރިހެނަކު، އަންހެނުން ލައި އުޅޭ ވައްތަރުގެ ހެދުމެއް ލައިގެން ޕްރެމިއަރ އަށް ދިޔަ ތަނެވެ. މި ނޫނަސް، މިފަދަ އިވެންޓުތަކުން އިސްލާމީ ހުދޫދުން ބޭރުން ހެދުން އެޅުން، ވަކިން ހާއްސަކޮށް މިފަދަ އިވެންޓުތަކުން ފެނުން ވަނީ އާންމު ކަމަކަށް ވެފައެވެ. ފިރިހެނުން އަންހެން ހެދުން އެޅުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސުގެ މީހުންވެސް އައުރަ ނިވާނުވާވަރުގެ ހެދުން އެޅުން މިހާރު މިއީ ރާއްޖޭގައި އާންމުވެފައިވާ ކަމެކެވެ.

މިފަދަ ކަންކަމުން ދުރުވުމަށް އިންޒާރުދީ، 22 އޮގަސްޓު 2025 ވަނަ ދުވަހުގެ ހުކުރު ޚުޠުބާގައި ގެނެސްފައިވެއެވެ: "މުސްލިމް އަޚުންނޭވެ! މިހާރަކަށް އައިސް އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރެއެވެ. ކުރިއެރުމާއި ތަރައްގީ ކަމަށްބުނެ، އައުރަ ނިވާ ނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުން އެބަދެއެވެ. ފިރިހެނުން އަންހެނުން ގޮތަށް ހެދުން އެޅުމާއި އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުން އެބަދެއެވެ. ..... މިކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ( لَعَنَ النَّبِيُّ صلى الله عليه وسلم الْمُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ وَقَالَ ‏ "‏ أَخْرِجُوهُمْ مِنْ بُيُوتِكُمْ ‏"‏‏.‏) މާނައީ: "ހަމަކަށަވަރުން ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެފަދަ މީހުން ތިޔަބައިމީހުންގެ ގޯތިގެދޮރުން ނެރޭށެވެ!"

ޚުޠުބާގައި ވާފައިން މިފަދަ ކަންކަން އާންމުކޮށްފައިވަނީ ޒަމާނީ ފިކުރުގެ ނަމުގައެވެ. ނަމަވެސް މިފަދަ ކަންކަމުން ދުރުވެ، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވާ ފަދައިން އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ކަށުނަމާދު މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިޚަބަރު | 4 ގަޑިއިރު ކުރިންޙައްޖުވެރިންގެ ކަންކަމުގައި ކުރިއެރުން: އެންމެ ބޮޑު ކުރިއެރުމަކީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނިގެންދިއުންޚަބަރު | 7 ގަޑިއިރު ކުރިންރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމްޚަބަރު | ދުވަހެއް ކުރިން