ނިއުގެ ގޯލު ބަލަހައްޓަން ލަންކާ ގައުމީޓީމުގެ ތަޖުރިބާކާރު ގޯލު ކީޕަރު ކަވީޝް
22 ނޮވެމްބަރު 2025 - 12:06

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ސްކޮޑު ވަރުގަދަކުރުމަށް ކުރަމުން ސްރީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރ ކަވީޝް ލަކްޕްރިޔާ ފެނާންޑޯގެ ސޮއި ހޯދައިފި އެވެ.
އުމުރުން 30 އަހަރުގެ ގޯލްކީޕަރ ނިއު އާއި ގުޅުނުކަން ހާމަކޮށް އެކްލަބުން ބުނީ، ނިއުރޭޑިއަންޓްގެ ޕާކިސްތާނުގެ ގޯލްކީޕަރު ޞާޤިބް ޙަނީފް އަނިޔާގައި ހުރުމާއެކު، އެތަން ފޫބައްދާނީ ކަވީސް ކަމަށެވެ.

Ad by Hajj Corporation
ނިއުގެ ގޯލު ބެލެހެއްޓުމަށް އިތުރު ބިދޭސީ ކުޅުންތެރިއަކު ގެނެސްފައިވާއިރު ދިރާގު ދިވެހި ޕްރެމިއަލީގުގައި ނިއުރޭޑިއަންޓް އަދި އޮޑި ސްޕޯރޓް ސްކުލަބު ވާދަކުރާމެޗް މިރޭ 21:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނާނެއެވެ.
ދިރާގު ދިވެހި ޕްރެމިއަލީގުގައި ޖުމްލަ 10 ޓީމަކުން ވާދަކުރެއެވެ. ނިއު މިވަގުތު އޮތީ ތާވަލުގެ 2 ވަނައިގައި 17 ޕޮއިންޓާއެކުގައެވެ.


