logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުރޭޑިއަންޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށް

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2025 - 18:21
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ވާދަވެރި މެޗުގައި، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން އޮޑި ސްޕޯޓްސް ކްލަބުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ދެވަނަ އިގައި އޮތް ނިއު ވައްޓާލުމަށްފަހު ތާވަލުގެ ދެވަނަ އަށް އަރައިފިއެވެ.

މިއީ އަލުން އެއްވަނަ ޑިވިޝަނަށް އެރި ނިއު ރޭޑިއަންޓް މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު، މިހާތަނަށް ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެވެ. އެޓީމުވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެެވެ. އޮޑި ވެސް ވަނީ އެއް މެޗުން ބަލިވެފައެވެ. އެޓީމު ބަލިވީ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން މާޒިޔާ އަތުން މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގެ ނަތީޖާއަށްފަހު ލީގު ތާވަލަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އޮތީ އެއްވަނައިގައެވެ. އޮޑި ދެވަނައަށް ޖެހިލީ 19 ޕޮއިންޓާއެކުގައެވެ. އަދި 17 ޕޮއިންޓް ލިބިފައިވާ ނިއު ރޭޑިއަންޓް ވަނީ ތިންވަނައަށް ވެއްޓިފައެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު މި މެޗަކީ ތާރީހުގައި ވެސް ރަސްމީ މުބާރާތެއްގައި އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ލީގުގައި ނިއުރޭޑިއަންޓް ދެން އެންމެ އަވަހަށް ނިކުންނާނީ އެއްވަނައިގައިވާ މާޒިޔާ އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށްކުޅިވަރު | 21 މިނިޓު ކުރިންނިއުގެ ގޯލު ބަލަހައްޓަން ލަންކާ ގައުމީޓީމުގެ ތަޖުރިބާކާރު ގޯލު ކީޕަރު ކަވީޝް ކުޅިވަރު | 7 ގަޑިއިރު ކުރިންނިއުގެ އަންހެން ޓީމުގެ ހެޑް ކޯޗަކަށް ދިވެހި ފުޓުބޯޅަ ލެޖެންޑް އަނިލްކުޅިވަރު | 5 ދުވަސް ކުރިންފަލަސްތީނު ރާއްޖެ ޤައުމީ ޓީމުގެ މެޗުގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ބައްލަވައިގެންފިކުޅިވަރު | 9 ދުވަސް ކުރިން