logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ނޮވެމްބަރު 2025 - 02:32
ސަމާލުވޭ! އަމީނިއްޔާގެ ނަމުގައި ސްކޭމެއް

އަމީނިއްޔާ ސްކޫލުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ފޭރުމުގެ ސްކޭމެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ސްކޫލުން ބެލެނިވެރިންނަށް ޢިލްތިމާސްކޮށްފިއެވެ.

އަމީނިއްޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެސްކޫލުގެ ނަމުގައި ދައުރުވަމުންދާ މެސެޖުގައި "މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް" ހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ސްކޫލުން ވަނީ މިފަދަ އެއްވެސް ކަމެއްގައި ފައިސާ ދެއްކުމަށް އެދި ލިންކެއް ނުފޮނުވާނެ ކަމަށް ޔަޤީންކަން ދީފައެވެ. ބެލެނިވެރިން މިފަދަ މެސެޖުތަކަށް އިޖާބަ ނުދިނުމަށް ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެކި ނަންނަމުގައި ފޯނަށް ލިންކުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް މިހާރު ވަނީ އިތުރުވެފައެވެ. ގޮތްނޭނގޭ ފަރާތްތަކުން މިފަދަ މެސެޖުތައް ފޮނުވަމުން ގެންދަނީ އެކި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވެސް ދަނީ އާންމުންނަށް އިލްތިމާސްކުރަމުންނެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މިފަދަ ލިންކުތަކަށް ފިތާލުމުން އާންމުންގެ ބޭންކު އެކައުންޓުތަކުގެ އަދި ފޯނުގެ ޕާސްވޯޑުތައް ޖެހުމަށް އެދެއެވެ. މިއީ ފޯނު ހެކްކުރުމާއި، ބޭންކުގެ ޕިން ނަންބަރުތައް ނެގުމަށް ހިންގާ އުކުޅުތަކެކެވެ. އެހެންކަމުން، އިދާރާއެއްގެ ނަމުގައި ލިބޭ ލިންކުތަކަށް އެއްވެސް ހާލެއްގައި ނުވަނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! އަމީނިއްޔާގެ ނަމުގައި ސްކޭމެއްޚަބަރު | 3 މިނިޓު ކުރިންކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިނގިރެޓް ގެއްލުމަކީ ބަލައިގަންނަކަމެއް ނޫން، ހަރުކަށި ފިޔަވަޅު އަޅާނަން ޚަބަރު | 17 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެޚަބަރު | 21 ގަޑިއިރު ކުރިން