logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

އާއްމުދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީގެ ދުވެލި ހަލުވިވެއްޖެ

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 07:26
އާއްމުދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީގެ ދުވެލި ހަލުވިވެއްޖެ

ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާއިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާ ކަމަށް، 13 ނޮވެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ތައްޔާރުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ. 11.5 އިންސައްތަ އިތުރުވެ 13.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރެއިން މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖަސް/ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ.

ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު 34.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ކުރީ އަހަރުގެ 39.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައި ގެ ދަށްވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިއަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ. މިގޮތުން، ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުމެވެ. މީގެ އިތުރުން ފައިނޭންސިންގ އަދި އިންޓަރެސްޓްގެ ޚަރަދުތައް 5.7 އިންސައްތަ ދަށްވެ 4.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ވޭތުވެދިޔަ ހަފްތާގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ސަބްސިޑީތަކަށް ކުރާ ޚަރަދުތަކަށެވެ.

ކެޕިޓަލް ޚަރަދުގެ ޖުމްލަ 4.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 10.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 53.9 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ކޮންޓްރޯލްކޮށް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސިންގފަދަ އުސޫލުތަކުގެ ދަށުން މަޝްރޫއުތައް ހިންގަން ފަށާފައިވާތީއެވެ. މި އަހަރު ފެށުނީއްސުރެ މިހާތަނަށް، ޕީ.އެސް.އައި.ޕީގެ ޚަރަދުތައް 6.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުރީ އަހަރުގެ 9.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 25.6 އިންސައްތައިގެ ދަށްވުމެކެވެ. ޕީ.އެސް.އައި.ޕީގެ އެންމެ ބޮޑު ބައެއް ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، މިއީ 4.3 ބިލިއަން ރުފިޔާއެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ

އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބްރިޖްއެޅުމަށް 846.7 މިލިއަން ރުފިޔާ އަދި ބަނދަރުހެދުމަށް 309.4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

މި އަހަރު ފެށުނީއްސުރެ މިހާތަނަށް އޯވަރޯލް ބެލެންސް ސަރޕްލަސް ނުވަތަ އަރަނިކޮށް ހުރުމަށްފަހު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ޑެފިސިޓްވެފައިވާއިރު، 13 ނޮވެންބަރު 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް ހުރީ 807.3 މިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 9.1 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 91.1 އިންސައްތައިގެ ދަށްވުމެކެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ އިގުތިސާދީ ކުރިއެރުމާއި އާމްދަނީގެ ފިޔަވަޅުތަކާއެކު އާމްދަނީ އިތުރުވެފައިވާތީއާއި ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާތީއެވެ. މި މުއްދަތުގައި އޯވަރޯލް ބެލެންސް ޑެފިސިޓްކޮށް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާއިން ސަރޕްލަސް ވެފައިވެއެވެ.

6 ނޮވެމްބަރ 2025 ވަނަ ދުވަހު ސަރުކާރުން 53 އަމިއްލަ ކުންފުންޏަކާއެކު 206 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުންތަކުގެ ދަށުން 9 ދާއިރާއެއްގައި ކޮންޓްރެކްޓަރުން ފައިނޭންސްކުރާ އުސޫލުން ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ތަންފީޛުކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ސަބަބުން އިސްކަންދޭ އިންވެސްޓްމަންޓްތަކަށް އަމިއްލަ ފަރާތްތަކުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންކުރެވޭނެއެވެ. އަދި މި ގޮތުން މަޝްރޫއުތައް ހިންގުމަސް ބަޖެޓަށް ބަރޯސާނުވެ، މުހިންމު ޚިދުމަތްތަކަށް ބަޖެޓުގައި ޖާގަ ހިފެހެއްޓޭނެއެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުން، ދައުލަތުގެ ޚިދުމަތުގައި ހަމަހަމަ އަދި ޢަދުލުވެރި އޮނިގަނޑެއް ވަރުގަދަކޮށްދޭނެއެވެ. އަދި މި ސިޔާސަތާއެކު ޚަރަދުތައް ކޮންޓްރޯލްކުރުމާއި ކެޕިޓަލް މަޝްރޫޢުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އާމްދަނީ ކުރީ އަހަރަށްވުރެ ރަނގަޅުވަމުންދާއިރު، ކެޕިޓަލް ޚަރަދުތައް އިތުރަށް އަމާޒުކުރެވެމުންދަނީ ކުރިއެރުމަށް މުހިންމު ވަސީލަތްތަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާއްމުދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީގެ ދުވެލި ހަލުވިވެއްޖެޚަބަރު | 5 މިނިޓު ކުރިންއަހަރުގެ މިހާތަނަށް އެސްޑީއެފަށް 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފިޚަބަރު | ދުވަހެއް ކުރިންސަބްސިޑީއަށްކުރި ހޭދަ 3 ބިލިއަނަށް ޚަބަރު | ދުވަހެއް ކުރިން2026 ގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރަނީ 374 މިލިއަން ރުފިޔާޚަބަރު | 21 ދުވަސް ކުރިން