logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

މި މަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 09:57
މި މަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ

މިމަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 1 އިން 22 އާއި ހަމައަށް ސްކޭމްގެ ޖުމްލަ 119 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު
މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.


މި މުއްދަތުގައި ފުލުހުންނަށް ރިޕޯޓުކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މިފަދަ 61 މައްސަލައެއް ހުށަހަޅާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.

އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 13 މައްސަލައަކާއި އިންވެސްޓްމެންޓް ސްކޭމްގެ 2 މައްސަލައަކާއި ފިޝިން ސްކޭމްގެ 1 މައްސަލައަކާއި ފޯނުން ގުޅައިގެން 26 މައްސަލައެއްގެ އިތުރުން ސްކޭމްގެ އެހެނިހެން 14 މައްސަލައެއް ވަނި ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް، ވައިބަރ، ޓެލެގެރާމް، ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަނީޚަބަރު | ގަޑިއިރެއް ކުރިންމި މަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަޚަބަރު | ގަޑިއިރެއް ކުރިންސަމާލުވޭ! އަމީނިއްޔާގެ ނަމުގައި ސްކޭމެއްޚަބަރު | 8 ގަޑިއިރު ކުރިންކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިން