މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅައިފި
25 ނޮވެމްބަރު 2025 - 06:16

މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭ މިސްކިތްތަކަށް ގެއްލުން ދިނުން ހިމެނުމަށް، އެ މާއްދާގެ އެންމެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

Ad by Hajj Corporation
މި އިސްލާހު ހުސަހެޅުއްވި ސަބަބެއްކަމަށ ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައިވާއިރު މިއީ "ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޤައުމުގައި، މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެ އެފަދަ ޢަމަލުތައް ތަކުރާރުވަމުންދާތީ، އެފަދަ ޢަމަލުތަކަކީ، މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ކަމަށްވާތީއާއި، މިސްކިތުގެ ކަރާމަތް ހިފެހެއްޓުމަކީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތުމުގެ ތެރެއިންވާ ކަމެއްކަމަށް ވާހިނދު، އެފަދަ ޢަމަލުތައް ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނުމަކީ، މުހިންމު ކަމެއްކަމަށްވާތީއެވެ.
މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމެނުމަށް ހުށަހެޅިއިރު މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް އަންނަނީ މިފަހުން ފެންމަތިވަމުންނެވެ.
އެގޮތުން މިފަހުންވެސް ވަނީ މިފަދަ މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވެސް މަސައްކަތްކުރަމުން އަންނަކަން ހާމަކޮށްފައެވެ.


