ގޮޑި ގެއްލޭ އިސްލާހަށް ބަދަލުނުގެނެސް، އަތޮޅު ކައުންސިލު އުވާލާ އިސްލާހު ކޮމިޓީން ފާސްކޮށްފި
24 ނޮވެމްބަރު 2025 - 09:21

ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުން ބަދަލުނުކުރުމަށާއި އަތޮޅު ކައުންސިލް އުވާލާ އިސްލާހު ފާސްކުރުމަށް ކޮމިޓީން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާއަކަށް ނިސްބަތްވާ މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭގޮތަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޤާނޫނަށް އިސްލާހެއް ހުށަހެޅުއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
ނަމަވެސް މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވަނީ، މެންބަރުން ޕާޓީން ވަކިކުރުމުން ، ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި ދާއިރާގެ ވޯޓަށް އަހާގޮތަށް ހިމަނާފައިވާބައި އުނިކުރަން ހުށަހަޅުއްވާފައެވެ.
އެ މައްސަލާގައި މިއަދު ނެގުނު ވޯޓުގައި 50 މެންބަރުން ވަނީ މަމްދޫހުގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.
ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން ދެން ކޮމިޓީން ނިންމާފައިވަނީ އަތޮޅު ކައުންސިލް އުވާލުމަށެވެ. އެހެންވެ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެކަމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ނިންމާފައެވެ. މި އިސްލާހު ފާސްވީ 52 މެންބަރުންގެ ވޯޓުންނެވެ.


