ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 މީހެއްގެ ނަން
24 ނޮވެމްބަރު 2025 - 06:02

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ 14 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެފަހަރު މަތިން ހުޅުވާލާފައިވާއިރު ފަހުން ހުޅުވާލި ފުރުޞަތުގައި 14 މީހަކު ކުރިމަތިލާފައިވެއެވެ. އެ އެންމެންގެ ނަންތައް މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް މުއިއްޒު ފޮނުއްވި ނަންތައް ތަރުތީބުން
- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
- އާއިޝަތު އިޝާ، ހމ. ފްލެޓް ނަންބަރު 02-2-88
- އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
- ހަސަން ނާސިހް އަހުމަދު، މާވަހި، ސ. ހިތަދޫ
- އިބްރާހީމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ
- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
- ޝަވްފާ އިބްރާހީމް، އަކިރިވިލާ، ދ. މީދޫ
- މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ 4095
- މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
- އާމިނަތު ޝާދިޔާ، މ. ޕިސްތާގެ
- އިބްރާހީމް ޝަރީފް، ގ. އަލިޝާ
- މުހައްމަދު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
- މުހައްމަދު އަބާން އިބްރާހީމް، ގއ. އަންމޯލް
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހަށް ހަމަވެ އެވެ.


