logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމިޓީން، އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

އިސްމާޢިލް ރާތިޢު
19 ނޮވެމްބަރު 2025 - 12:54
ކޮމިޓީން، އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

އެހެން އަހަރުތަކުގެ ބަޖެޓުތަކާ ޚިލާފަށް، ބޭރު ޤައުމުތަކަށް ރާއްޖޭން ދައްކަންޖެހޭ ދަރަނިތައް ޚަލާޞްކުރުމަށް ނިޞްބަތުން ބޮޑު އަދަދެއް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ބުނެއެވެ.

މި ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ މަޝްވަރާ ކޮށްފައިވެއެވެ. އަދި އެ މަޝްވަރާތަކަށްފަހު މުޅި ޖުމްލަ ބަޖެޓަށް އުނިއިތުރެއް ނާންނަގޮތަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ.

ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ފާސްކޮށްފައިވެއެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއްް ހޯދުމަށާއި ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ފާސްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، އެކަންކަން ހައްލުކުރެވޭނެ ގޮތްތަކެއް މާލީ ވުޒާރާއިން ހުށަހަޅާފައިވެއެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ކޮމިޓީއަށް ދެއްވިއެވެ.

ކޮމިޓީން ބަޖެޓު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކުރާނީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހުއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޓީން، އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޖަނަވާރު ގެންގުޅުމުގެ ބިލު، ޤާނޫނާއި ޚިލާފްވާނަމަ 1,000,000ރ. އާއި ހަމައަށް ޖޫރިމަނާ ހިމަނައި ފާސްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބަޖެޓު ބަހުސް ނިންމާލައިފިޚަބަރު | 9 ގަޑިއިރު ކުރިންސަރުކާރުގެ އަމާޒުހުރީ މިއަހަރާއި އަންނަ އަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލާ މެނޭޖުކުރަން ޚަބަރު | 10 ގަޑިއިރު ކުރިން