logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބަލިވަން ފެށުމާއެކު މެޑްރިޑްގެ ކުޅުންތެރިން އަލޮންސޯއާ ދެކޮޅަށް ނިކުމެއްޖެ

އަބްދުﷲ ޣާނިމް
25 ނޮވެމްބަރު 2025 - 08:39
ބަލިވަން ފެށުމާއެކު މެޑްރިޑްގެ ކުޅުންތެރިން އަލޮންސޯއާ ދެކޮޅަށް ނިކުމެއްޖެ

އެލްޗޭއާ ދެކޮޅަށް މިދިޔަ ހަފްތާ ބަންދުގައި 2-2 އިން އެއްވަރުވުމާއެކު، ރެއަލް މެޑްރިޑް ތެރޭގައި ފެތުރިގެން އުޅޭ މައްސަލަތައް ފެންމަތިވާން ފަށަިއިފިއެވެ. ކޯޗު ޒާބީ އަލޮންސޯއަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އޭނާ ކޯޗުކަން ކުރަން ފެށިތާ ހަ މަސް ނުވަނީސް ކްލަބްގެ ތެރޭގައި ހިޔާލުތަފާތުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް ބުނެއެވެ.

ބައެއް ނޫސްތަކުްނ ރިޕޯޓްކުރާގޮތުން ރެއަލް މެޑްރިޑްގެ ޑްރެސިން ރޫމް ތެރޭގައި މިހާރުގެ ހާލަތު ވަނީ 'ތަހައްމަލު ނުކުރެވޭ' ހިސާބަކަށް ގޮސްފައެވެ. ގިނަ ކުޅުންތެރިން މިހާރު ބޭނުންވަނީ ކޯޗަށް ބަދަލެއް ގެނައުމަށެވެ. އަދި ކްލަބްގެ މެނޭޖްމަންޓްގެ މުހިންމު ފަރާތްތަކުން ވެސް މިކަން މިހާރު އެގޮތަށް ދެކެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން، ކުޅުންތެރިންގެ މެނޭޖްމަންޓް ސްޓައިލާއި ޓެކްޓިކްސްގެ ސަބަބުން ކުޅުންތެރިންގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓީމުގެ މުހިންމު ކުޅުންތެރިން، އޭގެ ތެރޭގައި ސްޓާ ފޯވާޑް ވީނިސިއަސް ޖޫނިއަރ ވެސް ހިމެނޭ ގޮތަށް، އަލޮންސޯއާ އެކު ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ކަމަވިންގާ އާއި އެނޑްރިކް އާއި ވަލްވާޑޭއާއި ރޮޑްރީގޯ އާއި ބްރަހީމް ޑިއާޒް އަދި މެންޑީ ފަދަ ކުޅުންތެރިންގެ މެދުގައި މިގުޅުން އިތުރަށް ގޯސްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ލީގު އެއްވަނައިގައި އޮތް ޓީމުގެ ކުޅުންތެރިން އަލޮންސޯ ބޭރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ސީޒަނަށް އިތުރު ބުރޫއެރުންތައް އައުމުގެ ކުރިން، ކްލަބްގެ މެނޭޖްމަންޓުން ކުޅުންތެރިންނަށް ތާއީދު ކުރާނެތޯ ނުވަތަ އަވަހަށް ބަދަލެއް ގެންނާނެތޯ ނުވަތަ ނޫންތޯ ބަލައި، މެނޭޖްމަންޓުގެ ނިންމުމަކަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލިވަން ފެށުމާއެކު މެޑްރިޑްގެ ކުޅުންތެރިން އަލޮންސޯއާ ދެކޮޅަށް ނިކުމެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންބާސާގެ ލޯނު ކުޅުންތެރިޔާގެ މޮޅުކުޅުމާއެކު ރެއާލް ހުއްޓުވައިފިކުޅިވަރު | ދުވަހެއް ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 15 ދުވަސް ކުރިންރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 18 ދުވަސް ކުރިން