logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މަޖިލީހުން ފާސްކޮށްފި

އައިޝަތު ނަޝާ
25 ނޮވެމްބަރު 2025 - 08:43
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މަޖިލީހުން ފާސްކޮށްފި

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވާފައިވާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓުގައި 40.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓު 9 ބިލިޔަން ރުފިޔާއިން ޑެފޮސިޓް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ހިމަނާފައެވެ. އެގޮތުން މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއްް ހޯދައި ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ފާސްކުރިއެވެ.

ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް މާލީ ވުޒާރާއިން ވަނީ އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ މަޖިލީހަށް ދެއްވާފައެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މެންބަރުން ވަނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވާފައެވެ. އެއަށްފަހު މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައިވަނީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅައިފި ޚަބަރު | 6 ގަޑިއިރު ކުރިންގޮޑި ގެއްލޭ އިސްލާހަށް ބަދަލުނުގެނެސް، އަތޮޅު ކައުންސިލު އުވާލާ އިސްލާހު ކޮމިޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 މީހެއްގެ ނަންޚަބަރު | ދުވަހެއް ކުރިން