ތިން މަސް ތެރޭ ގިރާވަރުފަޅު ހިއްކަން އިތުރު ޑްރެޖަރެއް
25 ނޮވެމްބަރު 2025 - 12:15

ތިން މަސްދުވަހުގެ ތެރޭގައި ހުޅުމާލެ 3 އަދި ގިރާވަރުފަޅު ހިއްކާ ނިންމުމަށް އިތުރު ޑްރެޖަރެއް ގެނެސްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން އިތުރު ޑްރެޖަރެއް ނެދަލޭންޑްސްއިން ގެނެސްފައިވާ ކަމަށެވެ. ގިރާވަރުފަޅުގައި 'ބަންޑް ވޯލް' ޖެހުމުގެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް މަސައްކަތް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެތަން ހިއްކަން ފަށާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރާ ދެ ޑްރަޖަރުން ކަމަށާއި މާދަމާ އެ ސަރަހައްދު ހިއްކަން ފަށައި އަންނަ މަހުގެ ނިޔަލަށް އެ ތަން ހިއްކާ ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.
މަޑުޖެހިފައި އޮތުމަށްފަހު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމްލަ 63 ހެކްޓަރުގެ ބިމުގެ ތެރެއިން ނުނިމި އޮތް 38 ހެކްޓަރުގެ ބިން މިހާރުވަނީ ހިއްކަން ފަށާފައެވެ.


