logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ރައީސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މަންޒަރު ފެނި އިދިކޮޅު ލީޑަރުންނަށް ހަޖަމެއްނުވޭ: ނަރީޝް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ނޮވެމްބަރު 2025 - 04:10
ރައީސް ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާތީ އިދިކޮޅު ލީޑަރުންނަށް ހަޖަމެއްނުވޭ: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އިދިކޮޅު ސިޔާސީ ލީޑަރުންނަށް ހަޖަމު ނުވާ ކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒާ އަދި ޕީއެންސީ ސެނެޓް މެންބަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހުރޭ މާލެ ސިޓީ ވިލިމާލޭގެ ރައްޔިތުންނާ ރައީސް ބޭއްވި ބައްދަލުވުމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި ނަރީޝް ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބޭއްވި މި ބައްދަލުވުމުން ފެނިގެން ދިޔައީ މި ގައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމުވެފައިވާ މިންވަރާއި، ރައްޔިތުންގެ ގާތުން އަހައި އޮޅުންފިލުވައިގެން ކުރިޔަށް ދިޔުމަށް ސަރުކާރުގެ ނިޔަތް އޮތް މިންވަރެވެ. މިއީ ރައްޔިތުންގެ ވެރިކަމެއްގެ ހެކި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ލާބަޔާއި މަންފާއާއި ކުރިއެރުމާއި ތަރައްޤީއަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގެންފައިވާ މިންވަރުވެސް މި ބައްދަލުވުމުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، ރައީސްގެ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މިހާ ގާތުން ރައްޔިތުންނާ އެކު ރައީސަކު މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެން ދިޔުމަކީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ހަމަ ހަގީގަތުގައިވެސް ހަޖަމު ނުވާ ކަމަކަށް މިއަދު ވެފައިވާ ކަމަށް ނަރީޝް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަރީޝް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ ރައީސްކަން އެމަނިކުފާނުގެ އަމަލާއި ބަހުން ކޮންމެ ދުވަހަކުވެސް ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންގެ ވެރިޔަކަށް ޑރ. މުޢިއްޒު ހުންނެވުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 2 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި ޚަބަރު | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިޚަބަރު | 3 ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިން