logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގައި ހުންނަވާ ސަފީރަކަށް އައްޔަންކުރަން މަހުލޫފުގެ ނަން މަޖިލީހަށް ފޮނުއްވައިފި

އާމިނަތު ޝަފާ
26 ނޮވެމްބަރު 2025 - 07:45
ޖަޕާނުގައި ހުންނަވާ ސަފީރަކަށް އައްޔަންކުރަން މަހުލޫފުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އޭނާގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައިވާއިރު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުވަނީ ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީން ބޭއްވި ދިވެހިންގެ ރާއްޖެ ބޮޑު ޖަލްސާގެ ތެރެއިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަހުލޫފްވަނީ މީގެކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނުގައި ހުންނަވާ ސަފީރަކަށް އައްޔަންކުރަން މަހުލޫފުގެ ނަން މަޖިލީހަށް ފޮނުއްވައިފިޚަބަރު | 39 މިނިޓު ކުރިންމަޖިލީހުގެ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި ޚަބަރު | ގަޑިއިރެއް ކުރިންމިބަޖެޓަކީ މީގެ ކުރިން އެކުލަވާނުލާފަދަ އުއްމީދީ ބަޖެޓެއް: މެމްބަރު ޝާމިންޚަބަރު | 16 ގަޑިއިރު ކުރިންއަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މަޖިލީހުން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން