logo
Bank of Maldives

Bank of Maldives

ޚަބަރު

ތިންވަނަ ކުއާޓަރުގައި އެޗްޑީއެފްސީގެ ސާފު ފައިދާ ބޮޑުތަނުން މައްޗަށް

އިސްމާޢިލް ރާތިޢު
26 ނޮވެމްބަރު 2025 - 10:57
ތިންވަނަ ކުއާޓަރުގައި އެޗްޑީއެފްސީގެ ސާފު ފައިދާ ބޮޑުތަނުން މައްޗަށް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ސާފު ފައިދާ ބޮޑުތަނުން މަތިވެއްޖެއެވެ.

އެޗްޑީއެފްސީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުން ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 56.1 މިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް އެއްވަރު އަދަދެއް ނަމަވެސް އެ ކުންފުނީގެ ހަރަދު  ކުޑަކުރުމާއި އެފިޝަންސީއަށް ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ސާފު ފައިދާ ވަނީ ހަތް ގުނައިން އިތުރުވެފައެވެ.

އެ ކުންފުނިން ހަރަދު ކުޑަކޮށްފައިވާކަން އެނގެނީ މިދިޔަ ދެވަނަ ކުއާޓަރުގައި ޖުމްލަ ހަރަދު 30 މިލިއަން ރުފިޔާގައި ހުރިނަމަވެސް ތިންވަނަ ކުއާޓަރުގައި މި އަދަދު 21.7 މިލިއަން ރުފިޔާއަށް ދަށްކޮށްފައިވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެޗްޑީއެފްސީއަށް ސާފު ފައިދާއަށް ލިބިފައިވަނީ 25.8 މިލިއަން ރުފިޔާ ނަމަވެސް ތިންވަނަ ކުއާޓަރުގައި މި ވަނީ މި އަދަދު 34.4 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

އެޗްޑީއެފްސީން މިހާތަނަށް ތިން ސުކޫކް އާއި ދެ ބޮންޑެއް ވިއްކާފައިވެއެވެ. މި ފައިނޭންޝަލް އިންސްޓްރޫމަންޓްތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާކަން މާލީ ރިޕޯޓުން އެނގެއެވެ. މިގޮތުން މިހާތަނަށް ސުކޫކާއި ބޮންޑުތައް ވިއްކައިގެން ޖުމްލަ 545 މިިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. އަދި އެހުރިހާ ފައިސާއެއް ހަރަދުކޮށްފައިވަނީ ހައުސިންގ މޯގޭޖް ފައިނޭންސް ވަސީލަތްތަަކަށެވެ.

އެޗްޑީއެފްސީގެ މާލީ ރިޕޯޓުގެ އުސްއަލިތައް:

  • ޖުމްލަ އާމްދަނީ - 56,1 މިލިއަން
  •  ސާފު ފައިދާ - 34,4 މިލިއަން
  •  ހިއްސާއަކަށް ޖެހޭ އަދަދު - 2.16ރ.
  •  ހިއްސާގެ ސާފު ފައިދާ - 59.88ރ.

އެޗްޑީއެފްސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އާމްނާއަށް އޮތް އިތުބާރުވެސް ވަނީ އިތުރުވެފައެވެ. ތިންވަނަ ކުއާޓަރުގެ ނިޔަލަށް އެޗްޑީއެފްސީ އާމްނާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 22.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިބައިގެ ސާފު ފައިދާވެސް ވަނީ ދެވަނަ ކުއާޓަރަށްވުރެ އިތުރުވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުނީގެ އިސްލާމިކް ވިންޑޯގެ ސާފު ފައިދާ ހުރީ 11.5 މިލިއަން ރުފިޔާގައެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި މިއަދަދު ވަނީ 15.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިންވަނަ ކުއާޓަރުގައި އެޗްޑީއެފްސީގެ ސާފު ފައިދާ ބޮޑުތަނުން މައްޗަށްޚަބަރު | 2 ގަޑިއިރު ކުރިން