logo
Bank of Maldives

Bank of Maldives

ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

އިސްމާޢިލް ރާތިޢު
26 ނޮވެމްބަރު 2025 - 12:01
ހއ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހއ. އަތޮޅޫ ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ ނާޒިމް އިބްރާހިމް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުންނާއި އިސް ވެރީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި.

Ad by Hajj Corporation

Ad by Hajj Corporation

ހަމަސްދުވަހުގެ ތެރޭ ނިންމާގޮތަށް މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ޤާސިމްއެވެ. އަދި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދެވެ.

4.9 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއު ނިމޭއިރު ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭން، އެކްސްރޭ، އަލްޓްރާސައުންޑް ސްކޭން އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހއ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިޚަބަރު | 34 މިނިޓު ކުރިންދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި ޚަބަރު | 10 ދުވަސް ކުރިން