އެމްބާއެްޕޭ 4 ގޯލުޖެހިނަމަވެސް ރެއާލް ސަލާމަތްވީ ކިރިޔާ
27 ނޮވެމްބަރު 2025 - 05:25

ކީލިއަން އެމްބާޕޭގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑު ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސް އަތުން 4-3 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މެޗުގައި ފްރާންސްގެ މި ސުޕަރސްޓާ ވަނީ ހަތަރު ގޯލު ޖަހާފައެވެ. އޭގެ ތެރެއިން ފުރަތަމަ ތިން ގޯލު އޭނާ ކާމިޔާބުކުރީ ހަތް މިނެޓުގެ ތެރޭގައެވެ.
ރޭ ގްރީސްގެ އެތެންސްގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނެޓުގައި ޗިކީނިއޯ ވަނީ އޮލިމްޕިއާކޯސްއަށް ސަޕްރައިޒް ލީޑެއް ނަގައިދީފައެވެ. ނަމަވެސް، އެމްބާޕޭ ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، ގްރީސްގެ މި ޓީމާ ދެކޮޅަށް ކައިރި ކައިރީގައި ހެޓްރިކް ހަދާފައެވެ. އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 29 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާ ދިން ޕާސްއަކުން ފިނިފިނި ފިނިޝަކުންނެވެ. މި ގޯލާއެކު، އެމްބާޕޭ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ތިންވަނަ ކުޅުންތެރިޔާއަށެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ މެހްދީ ތަރޭމީ ވަނީ އޮލިމްޕިއާކޯސްއަށް ދެވަނަ ގޯލު ޖަހައިދީފައެވެ. ނަމަވެސް، އެމްބާޕޭ ވަނީ 60 ވަނަ މިނެޓުގައި އޭނާގެ ހަތަރުވަނަ ގޯލު ޖަހައި، ރެއާލް މެޑްރިޑްގެ ލީޑު ފުޅާކޮށްފައެވެ.
މެޗުގެ 81 ވަނަ މިނެޓުގައި އަޔޫބް އަލް ކާބީ ލަނޑު ޖަހައި، ނަތީޖާ 4-3 އަށް ބަދަލުކުރުމުން، މެޗުގެ ފަހުކޮޅު ވަރަށް ހޫނުވެގެން ދިޔައެވެ. އަދި އޭގެ ފަހުން އޮލިމްޕިއާކޮސް އަިން ރެއާލްގެ ގޯލާ އަމާޒުކޮށް ފުލުފުލުގައި ގިން ހަމަލާތަކެއް ރެއާލް ގެ ގޯލަށް ފޮނުވާލާފައިވެއެވެ. މިއީ އެންމެ ފަހުން ކުޅުނު ތިންމެޗުންވެސް މޮޅެއް ނުލިބި މިމެޗާ ކުރިމަތިލި ރެއާލް އަށް ވަރަށް އުނދަގުލުން ހޯދުނު މޮޅެކެވެ.


