logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފި

އައިޝަތު ނަޝާ
27 ނޮވެމްބަރު 2025 - 07:12
ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. މި ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ދިރާސާކުރުމަށްފަހު ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހެޅި އިސްލާހުގައި ވަނީ 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ. ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހޭނެއެވެ. އަދި ފަސް ކައުންސިލަރުން ތިބޭ ރަށްރަށުގައި ދެ ގޮނޑި ހާއްސަކުރަން ޖެހޭނީ އަންހެނުންނަށް ކަމަށް ބިލުގައިވެއެވެ.

ހަމައެއާއެކު ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީއަށް ބަލައި ހާއްސަ އުސޫލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން، އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރާއެކު ޖުމްލަ 7 ކައުންސިލަރުން އިންތިހާބުކުރެވޭނެއެވެ. އަދި އާބާދީ 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން އިންތިހާބުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އާބާދީ 50,000 އަށްވުރެ އިތުރު ސިޓީތަކަށް 15 ކައުންސިލަރުން އިންތިހަބުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރުތަކެއް ދިނުމަށް ހާއްސަ މާއްދާތަކެއް ވެސް ހިމަނާފައިވެއެވެ. އެ ބަދަލުތަކުގެ ދަށުން، ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލެއް ޚަބަރު | 5 ގަޑިއިރު ކުރިންކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދެނީޚަބަރު | 10 ގަޑިއިރު ކުރިންސީޕީ އާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން މާލިއްޔަތު ކޮމެޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން