logo
Bank of Maldives

Bank of Maldives

ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލެއް

އައިޝަތު ނަޝާ
27 ނޮވެމްބަރު 2025 - 11:31
ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލެއް

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު ހުށަހެޅީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ،ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެ ނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް މެމްބަރު ޝާމިން ވަނީ ބުނެފައެވެ. މި ހަފުތާގެ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. އެ ބިލުގައި އެއްގަމު ދަތުރުފަތުރާ ގުޅޭ މުހިންމު ކަންތައްތަކެއް ހުރިއިރު، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބު ދޭން ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބިލުގައި ހިމަނާފައިވާ އުސޫލުތަށް

  • އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބައުވާންޖެހޭ އުސޫލުތަކާ މިނަގަނޑު ތަށް
  • އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކާއި މިންގަނޑުތަށް
  • އެއްގަމު އުޅަނދު ދުއްވުން ފިޔަވާ އުޅަނދު މަޑުކުރުމާ،ޕާކުކުރުމާއި އެ ނޫންވެސް އުޅަނދު ބޭނުންކުރުމުގެ ހަމަތަށް
  • އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ޝަރުތުތަކާއި މިންގަނޑުތަށް
  • ޤާނޫނާއި ގަވައިދު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށްޓަކާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވާ ތަންފީޒީ ބާރުތަށް
  • ޤާނޫނާއި ޤަވައިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުތަކާއި ފިޔަވަޅު އެޅުމިގެ އުސޫލެއް

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމަކީ ޖިނާއީ ކުށެއް ކަމަކަށް ކަނޑައަޅާފައެއް ނުވެމުން، އެގޮތަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވުން ނުވަތަ ބޮޑު އަނިޔާއެއްވުން ފަދަ ކަމެއް ހިނގައިފިނަމަ، ދައުވާ ކުރެވެނީ އެހެން ގާނޫނުތަކުގެ ދަށުންނެވެ.

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިވާއިރު، މާލޭ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންގެ މައްސަލަ ބޮޑުވެ، ފުލުހުން އަންނަނީ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. އެގޮތުން، ނުރައްކާތެރިކޮށް ދުއްވާ މީހުން ހައްޔަރުކުރަން ވެސް ފެށިއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލެއް ޚަބަރު | 5 ގަޑިއިރު ކުރިންކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދެނީޚަބަރު | 10 ގަޑިއިރު ކުރިންސީޕީ އާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން މާލިއްޔަތު ކޮމެޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން