logo
Bank of Maldives

Bank of Maldives

ޚަބަރު

ސީޕީ އާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން މާލިއްޔަތު ކޮމެޓީން ފާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ނޮވެމްބަރު 2025 - 15:31
ސީޕީ ނަވީން، ފޮޓޯ: ޕޮލިސް
ސީޕީ ނަވީން، ފޮޓޯ: ޕޮލިސް

 

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން މަޢުލޫމާތު ލިބޭ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީން މި ތުހުމަތުތައް ބަލަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއީ ސިއްރު ބައްދަލުވުންތަކެއްގައި ނިންމާފައިވާ ކަމަކަށް ވުމާއެކު، މެންބަރުން މި ކަމުގެ ތަފްސީލްތައް ވަނީ ސިއްރުކޮށްފައެވެ.

އެހެންނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ޖުމްލަ ހަތް އޮފިސަރެއް ސަސްޕެންޑުކުރުމަށް ހުށަހެޅުމަށް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެއިގެ ތެރޭގައި ހިމެނެނީ ސީޕީ އާއި ފަސް އެސިސްޓެންޓް ކޮމިޝަނަރުންނާއި އަދި ސުޕްރިޓެންޑެންޓެކެވެ.

މި ނިންމުން ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ވޯޓު ނަގައި ފާސްކުރަން ޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްގެތީމު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެޚަބަރު | 8 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހުން ހައްޔަރުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންމަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވް ކުރުމަށް އާންމުންނަށް ހުޅުވާލައިފި!ޚަބަރު | ދުވަހެއް ކުރިން3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ބަންގްލަދޭޝް ދެ މީހުން!ޚަބަރު | ދުވަހެއް ކުރިން