logo
Bank of Maldives

Bank of Maldives

ޚަބަރު

"އެ ރަށެއްގެ ރައްޔިތުން އިސްވެ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން، އެކަންކުރާނީ އެޗްޕީއޭ އާ ގުޅިގެން"

އައިޝަތު ނަޝާ
27 ނޮވެމްބަރު 2025 - 07:28
"އެ ރަށެއްގެ ރައްޔިތުން އިސްވެ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން، އެކަން ކުރާނީ އެޗްޕީއޭ އާ ގުޅިގެން"

ރައްޔިތުން އިސްވެ، އެ ރަށަކުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން އެކަން ކުރިއަށްގެންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެންކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުން ރައްޔިތުންގައި މަޖިލީހުގައި ޖަލްސާގައިވަނީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ސުވާލުކުރައްވާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިކަން ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. އަދި މިކަމަކީ އެއްވެސް މަޖުބޫރު ކަމެއް އޮތް ކަމެއް ނޫން ކަމަށާއި، އެމަސައްކަތް ކުރަންޖެހެނީ އެރަށެއްގެ ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކައުންސިލްތަކުން އެގޮތަށް ނިންމައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ވަޒީރު އިތުރަށް ވިދާޅުވީ، ދުންފަތުގެ އިސްތިމާލު ކުރުން އެއްކޮށް ހުއްޓާލަން ރަށަކުން އެދޭނަމަ، އެކަން ތަންފީޒުކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށްށެވެ. އަދި އަދި މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމެއް ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް މިގޮތަށް ރަށްރަށް ކަނޑައެޅި އެވޯޑުވެސް ދެވިފައިވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް، މިއީ އަމިއްލައަށް ކުރާ ކަމެއް. މިކަމަކީ އަދަބެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ރަށެއްގެ ކައުންސިލުން އެކަމަށް މަސައްކަތް ކުރަން ވިސްނައިގެން އެކަމާއި ގުޅޭގޮތުން ޕްލޭނެއް ހަދައި ތަންފީޒުކުރަން ފުރަތަމަ އަންނަނީ. އޭގެ މާނައަކީ 3 މަރުހަލާއެއް އެބައިން. އެކަން ކުރާނީ ޝައުޤުވެރިވެ ރައްޔިތުންނާއި މަޝްވާރާކޮށް ނިންމައިގެން." ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

މީގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކުގައި ބަލިތައް ނައްތާލާފައިވާ ކަމަށް ކަނޑައަޅާ އުސޫލާއި އެއްގޮތަށް މިނިވަން ކޮމެޓީއަކުން ރަށްރަށުގައި މިކަން ތަންފީޒުވާ މިންވަރު އެޗްޕީއޭއާއި ގުޅިގެން ބަލާނެ ކަމަށްށާއި، ނަމަވެސް މިކަމަކީ އެއްވެސް ހާލަތެއްގައި އެރަށުގައި ދުންފަތުގެ އިސްތިމާލު ކުރާ މީހުން ނެތް ކަމަށް ޔަޤީންކޮށް ކަނޑައަޅައި ނިންމާ ނިންމުމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރަފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެ ރަށެއްގެ ރައްޔިތުން އިސްވެ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން، އެކަން ކުރާނީ އެޗްޕީއޭ އާ ގުޅިގެން"ޚަބަރު | 9 ގަޑިއިރު ކުރިން