logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މި ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން: ވަޒީރު ނާޒިމް

އައިޝަތު ނަޝާ
29 މާރިޗު 2026 - 10:24
މި  ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން: ވަޒީރު ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، މުޅިން އައު މިސްރާބަކަށް ޞިއްޙީ ދާއިރާގެ ކަންކަން ގެންގޮސްދެއްވާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޢަބްދުﷲ ނާޡިމް ވަނީ ޞިއްޙީ ދާއިރާގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ޞިއްޙީ ދާއިރާގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުގެ މިސާލު ދައްކަވަމުން ދެ މަސައްކަތަކަށް ވަޒީރުވަނީ އަލިއަޅުވާލައްވާފައެވެ. އޭގެ އެއް މަސައްކަތަކީ ރަށްރަށުގައި ޑައިލިސިސް ޚިދުމަތް ޤާއިމްކުރުމެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވިފަހުން މިހާތަނަށް 10 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށްވެސް އިތުރު ރަށްރަށުގައި މި ޚިދުމަތް ޤާއިމް ކުރެވޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ކަނޑު ދަތުރުކޮށްފައި ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި، ރައްޔިތުން ބޭނުންވަނީ ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ ގޮތްވުން ކަމަށެވެ.

"ޑައިލިސިސްގެ ޚިދުމަތުގެ އިތުރުން، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާބާދީއަށް ބެލުމެއް ނެތި ލެބޯޓަރީ ޚިދުމަތް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުން 16 ރަށެއްގައި މި ޚިދުމަތް ފެށިފައިވާނެ"ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް

ކުދި އާބާދީތަކުގެ މީހުން މީގެކުރިން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި،ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށްދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބުކަން ފާހަގަކުރައްވާ ޞިއްޙި ވަޒީރު ވަނީ މި ކައުންސިލްތަކަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، ޚިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ. މީގެ ކުރިންވެސް ލެބޯޓަރީ އަދި ޑައިލިސިސް ޚިދުމަތް ރައްޔިތުންނަށް ބޭނުންވި ނަމަވެސް އެކަން ނުކުރެވި އޮތީ އެފަދަ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ނުކުރެވޭތީ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މި އިންތިޚާބުގައި ލޯކަލް ގަވަނެންސް އޭގެ އަސްލު ގޮތުގައި ތަންފީޒު ކުރާނެ ސިޔާސަތަކަށް ތާއީދު ކުރަން ޖެހޭނެ ކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ސިޞިނުލެވޭނެ ކަމަށާއި، ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށް މުސްތަޤުބަލަށް ހުރަސް އެޅޭގޮތަށް ކުރާ ކަންތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި ސިޔާސީ މަސައްކަތް ކުރަންވާނީ ޤައުމީ ވިސްނުމެއްގައި ކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން: ވަޒީރު ނާޒިމްޚަބަރު | 2 ގަޑިއިރު ކުރިން"އެ ރަށެއްގެ ރައްޔިތުން އިސްވެ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން، އެކަން ކުރާނީ އެޗްޕީއޭ އާ ގުޅިގެން"ޚަބަރު | 4 މަސް ކުރިން